މި އަހަރުގެ މިހާތަނަށް 1،300އަށް ވުރެ ގިނަ މައްސަލަ، ގިނައީ އެކްސިޑެންޓު

އެކްސިޑެންޓްތަކަށް ހޭލުންތެރި ކުރަން ފުލުހުން މަގުމަތީގައި: ފުލުހުން ދެނީ އާއްމުންނަށް މުހިންމު މެސެޖެއް-- ފޮޓޯ: ފުލުހުން

މި އަހަރުގެ މިހާތަނަށް 1،300އަށް ވުރެ ގިނަ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ހުށަހެޅި 1،320 މައްސަލައެއްގެ ތެރެއިން ގިނައީ އެކްސިޑެންޓުތަކެވެ. އެގޮތުން އެކްސިޑެންޓުތަކާ ގުޅޭ 376 މައްސަލައެއް ހުށަހެޅިއިރު، ވައްކަމުގެ 357 މައްސަލައެއް، އަދި މަސްތުވާތަކެއްޗާބެހޭ 217 މައްސަލައެއް ހުށަހެޅިއެވެ.

މީގެ އިތުރުން މާރާމާރީގެ 70 މައްސަލައަކާއި ތަންތަނާއި ތަކެއްޗަށް ގެއްލުންދީގެން 69 މައްސަލައަކާއި ގެވެށި އަނިޔާގެ 40 މައްސަލައެއް މިއަހަރުގެ މިހާތަނަށް ހުށަހެޅިކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ.

އަދި ޖިންސީ ގޯނާގެ 15 މައްސަލައަކާއި ފޭރުމުގެ 15 މައްސަލައެއްވެސް، މިހާތަނަށް ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭ ހިމެނެއެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާ ބަލާއިރު، މިއަހަރު ހުށަހެޅި މައްސަލަތަކުގެ އަދަދު ކުޑަކޮށް އިތުރުވެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ފުލުހަށް 1،002 މައްސަލައެއް ހުށަހެޅިއިރު، މިއަހަރުގެ އެ މުއްދަތުގައި 1،096 މައްސަލައެއް ހުށަހެޅިއެވެ.

comment ކޮމެންޓް