މޯލްޑިވިއަން ބްލަޑް ސާވިސަސްގައި، ތެލަސީމިއާގެ ބާވަތްތައް ދެނެގަތުމަށް ތަހުލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ހުޅުވައިފިއެވެ.
މި ލެބޯޓަރީ މިއަދު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މި ލެބުގެ ސަބަބުން އާއިލީ ގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންސްގެ މުހިންމު
ބާވަތްތައް ރާއްޖޭގައި ތަހްލީލު ކުރެވި ނަތީޖާ ލިބޭނެ ކަމަށާއި، ޖުމްލަ 27 ބާވަތެއްގެ މިއުޓޭޝަންސް ދެނެގަނެވޭނެ ކަމަށެވެ.
މިއ،ީ ލޭގެ ފަރުވާ ހޯދާ ފަރާތްތަކަށް ނުހަނު މުހިންމު ތަހުލީލުތަކެއް. ރާއްޖޭގައި ފެންނަ ލޭގެ ބަލީގެ ބާވަތްތަކަށް ބަލައި މިކަމަށް ޚާއްސަ ކުރެވިފައިވާ ކިޓްތަކެއް ފަރުމާ ކުރެވިފައި ވަނީ ދިވެހީންނަށް ޚާއްސަ މިންގަނޑުތަކަކަށް ރިއާޔަތް ކުރެވިގެން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް
ހަލީމްގެ ވާހަކައިގައި މި ލެބޯޓަރީން، މިއުޓޭޝަންތަކުގެ ތެރެއިން މީގެ ކުރީން ހަދަމުން އައި ތަހުލީލުތަކުން ދެނެނުގަނެވޭ މުހިންމު މިއުޓޭޝަންސްތައް ދެނެގަނެވޭނޭ ކަން ފާހަގަ ކުރެއްވިއެވެ.

ޑީއެންއޭ ލެބޯޓްރީ ހުލުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ލެބް ހުޅުވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް / ފޮޓޯ-- މޯލްޑިވިއަން ބްލަޑް ސާވިސަސް
އޭނާ އިތުރަށް ވިދާޅުވީ މި ޚިދުމަތް ލިބެން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، ޅައުމުރުގައިއާއި ކައިވެނިކުރުމުގެ ކުރީން ތެލަސީމިއާ ވާރުތަކު ކުރާ ގޮތް ހުންނަ ފަރާތްތައް ދެނެގަނެވޭނެ ކަމަށެވެ. އަދި ތެލަސީމިއާގެ ނިސްބަތް ކޮންޓްރޯލް ކުރުމަށާއި ތެލަސީމިއާ ޕްރީނޭޓަލް ޑައިގްނޯސިސްގެ ޚިދުމަތް ފެށުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ޖީލުތަކަކަށް މި ޚިދުމަތުގެ ފަސޭހަކަމާއި ފައިދާ ދެމިގެން ދާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
މި ލެބޯޓްރީ ގާއިމް ކުރުމަށް ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މޯލްޑިވިއަން ބްލަޑް ސާވިސްގައި ގާއިމު ކުރި، ޑީއެންއޭ ލެބޯޓްރީ
މޯލްޑިވިއަން ބްލަޑް ސާވިސްއިން ފާހަގަ ކުރާ ގޮތުގައި މިއީ މިފަދަ ޚިދުމަތެއް ސަރުކާރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަނެއްގައި ފެށި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން މި ޚިދުމަތް ފޯރުކޮށްދެމުން ދިޔައީ 'ޝީ'އިންނެވެ.