ހިންމަފުށީ ސްކޫލަށް ގައިދީން ޑެސްކު ޖަހައިދީފި

ހިންމަފުށި ސްކޫލުގައި ގައިދީންނާއި ޖަލު އޮފިސަރުން ޖެހި ޑެސްކުތައް: ކަރެކްޝަންސްއިން ބުނީ، އައްސޭރި ޖަލުގެ ގައިދީންނާއި އޮފިސަރުން 130 ޑެސްކު ޖަހައިދިން ކަމަށް --- ފޮޓޯ: ކަރެކްޝަންސް

އައްސޭރި ޖަލުގެ ގައިދީންނާއި ޖަލު ބަލަހައްޓާ އޮފިސަރުން ކ. ހިންމަފުށި ސްކޫލުގެ ކްލާސްރޫމްތަކަށް ބޭނުންވާ ޑެސްކު ޖަހައިދީފިއެވެ.

ކަރެކްޝަންސްއިން ބުނީ، މިދިޔަ މަހުގެ ފަހުކޮޅު ފެށި ދިރާސީ އަހަރަށް އަމާޒުކޮށް، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ގައިދީންނާއި އޮފިސަރުން 130 ޑެސްކެއް ޖަހައިދިން ކަމަށެވެ.

ހިންމަފުށި ސްކޫލުގައި ގައިދީންނާއި ޖަލު އޮފިސަރުން ޖެހި ޑެސްކުތައް --- ފޮޓޯ: ކަރެކްޝަންސް

މި މަސައްކަތްކޮށްފައިވަނީ އިޖުތިމާއީގޮތުން އެހީތެރިވެދިނުމަށް ހިލޭ ކަމަށް، ކަރެކްޝަންސްއިން ބުންޏެވެ، އަދި މި މަސައްކަތްކުރުމަށްޓަކައި ބޭނުންވާ ތަކެތި ފޯރުކޮށްދިނީ ހިންމަފުށީ ސްކޫލުން ކަމަށްވެސް، އެ ޚިދުމަތުން މައުލޫމާތުދެއެވެ.

އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީން ލައްވާ އެކިއެކި މަސައްކަތް ކުރުވުމަކީ ކަރެކްޝަންސްއިން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ދުވަހު މުސާރަ ލިބޭ ގޮތަށް ޖަލުގެ ތެރޭގެ އެކިއެކި ވަޒީފާތައް ވެސް ގައިދީންނަށް ދީފައި ހުރެއެވެ. ހަމައެއާއެކު ވަޑާން ކުރުމާއި ދަނޑުހެއްދުންފަދަ މަސައްކަތްތައް ވެސް ކުރުވައެވެ.

comment ކޮމެންޓް