ދިރާގު، ރޯދަ ރެޑީ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން ހޮވައިފި

ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ވައުޗާ ހަވާލު ކުރަނީ: ދިރާގުން ވަނީ ފުރަތަމަ ހަފްތާގެ ނަސީބުވެރިން އިއުލާން ކޮށްފަ---/ ފޮޓީ، ދިރާގު

ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރި ފަރާތްތައް ދިރާގުން އިއުލާންކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާގެ ހަރަކާތްތަކުގެ ތެރެއިން، ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް ރެޑްވޭވްގެ 5،000 ރުފިޔާގެ ޝޮޕިންގް ވައުޗާ ވަނީ ހަދިޔާކޮށްފައެވެ.

ފުރަތަމަ ހަފުތާގެ ނަސީބުވެރިންނަކީ:

  • 20ޖަނަވަރީ – ޒާހިރާ އަލީ
  • 21ޖަނަވަރީ – ފާތިމަތު ލީނާ
  • 22 ޖަނަވަރީ – މުހައްމަދު ޝިމާލް ނާޒިމް
  • 23 ޖަނަވަރީ – އާމިނަތު އިނާޝާ އަނީސް
  • 24 ޖަނަވަރީ – މުހައްމަދު ފައިޝާން ފައިސަލް
  • 25 ޖަނަވަރީ – އަޒްރަފް މުހައްމަދު
  • 26 ޖަނަވަރީ – އިބްރާހީމް ރަޝީދު

ދިރާގުން ބުނީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ، ރޯދަމަހަށް ހާއްސަ ކޮށްގެން މި މައްސަރުގައި ކަސްޓަމަރުންނަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުންކަމަށެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން ޖުމްލަ 21 ނަސީބުވެރި ފަރާތަކަށް 5000 ރުފިޔާގެ ވައުޗާ ހޯދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި މި ވައުޗާ ތަކަކީ ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއާލައިންތަކުން ވިޔަފާރި ކުރެވޭނެ ވައުޗާ ތަކެކެވެ.

މީގެ އިތުރުން، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި ފަރާތަކަށް، އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު 50 ރުފިޔާއިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށާއި، އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ބޫސްޓަރެއް އެކްޓިވޭޓްކުރާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބިގެންދާއިރު، 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ފަރާތްތަކާއި، ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި، ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސް (VAS) ސަބްސްކްރިޕްޝަނެއް އެކްޓިވޭޓްކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ 20 ޖެނުއަރީ އިން ފެށިގެން 9 ފެބްރުއަރީ ގެ ނިޔަލަށެވެ. މި މުއްދަތުގައި ދިރާގުއެޕް މެދުވެރިކޮށް އެންރޯލް ކުރެވޭނެއެވެ. އެންރޯލް ކުރާ ހިސާބުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ކަސްޓަމަރަކަށްވެސް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިތުރު ތަފުސީލާއި ޕްރޮމޯޝަނުގެ މައުލޫމާތު ހޯދުމަށް މި ލިންކްއަށް ފިތާލާ https://bit.ly/Dhiraagu-Roadha-Ready- 26

ދިރާގުން ބުނީ އެ ކުންފުނީގެ މައިގަނޑު އަމާޒަކީ މަންފާކުރަނިވި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުންކަމަށެވެ. މިގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ތަފާރު ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް