ލަންކާގެ 18 އަހަރުން މަތީގެ އަންހެނުންނަށް ހޮސްޕިޓަލިޓީ ދާއިރާގައި ރޭގަނޑު މަސައްކަތް ކުރުމުގެ ހުއްދަދީފި

ލަންކާގެ އަންހެނުންނަށް ރޭގަނޑު މަސައްކަތްކުރުމުގެ ހުއްދަ ވަނީ ދީފައި. ފޮޓޯ/ދަ މޯނިންގް

ސްރީ ލަންކާގައި 18 އަހަރުން މަތީގެ އަންހެނުންނަށް ހޮސްޕިޓަލިޓީ ދާއިރާގައި ރޭގަނޑު މަސައްކަތްކުރުމުގެ ހުއްދަ ދީފިއެވެ.

މިދިޔަ ހުކުރުދުވަހު ނެރުނު ހާއްސަ ގެޒެޓް ނޮޓިފިކޭޝަނެއްގައި 18 އަހަރުން މަތީގެ އަންހެނުންނަށް ހޮސްޕިޓަލިޓީ އާއި ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ދާއިރާގައި ރޭގަނޑު މަސައްކަތް ކުރުމުގެ ހުއްދަ ރަސްމީކޮށް ދީފައިވާއިރު، އެމީހުންގެ ސަލާމަތާއި ސިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރި ކުރުމަށް ހަރުކަށި ގަވާއިދުތަކެއް ކަނޑައަޅާފައިވެއެވެ.

ފިހާރަތަކާއި އޮފީސްތަކުގެ މުވައްޒަފުންނާ ބެހޭ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ގެނައި އެ އިސްލާހުގައި އަންހެން މަސައްކަތްތެރިންނަށް ރޭގަނޑު ގަޑީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ފުޅާވެގެންދެއެވެ.

އާ ގަވާއިދުގައިވާ ގޮތުން 18 އަހަރުން މަތީގެ އަންހެނުންނަށް މަސައްކަތް ހެނދުނު 6:00 އާއި ހަވީރު 6:00 އާއި ދެމެދު ރެސްޓޯރެންޓްތަކާއި އެއާ ގުޅުންހުރި ތަންތަނުގައި މަސައްކަތްކުރެވޭނެއެވެ.

ވަޒީފާދޭ ފަރާތްތަކުގެ ޒިންމާއަކީ ރައްކާތެރި މަސައްކަތު މާހައުލެއް ކަށަވަރުކުރުމާއި، ޝިފްޓްތަކަށްފަހު އަރާމު ކުރުމަށް އެކަށީގެންވާ ތަނެއް ފޯރުކޮށްދިނުމާއި ނުވަތަ ރޭގަނޑު ދަންވަރު ޝިފްޓްތައް ނިމޭނަމަ މުވައްޒަފުންގެ ގެތަކަށް ރައްކާތެރިކަމާއެކު ދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މިއީ އަންހެނުންނަށް ވެސް ވަޒީީފާގެ ފުރުސަތުތައް ހަމަހަމަކޮށް ދިނުމަށް ނެރުނު އިސްލާހުތަކެއް ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް