ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
މި ކެމްޕޭނަކީ ކުރިއަށް އޮތް ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލަށް ތައްޔާރުވުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް ހިންގާ ކެމްޕޭނެކެވެ.
މި ކެމްޕޭނުން މަމްސް އެއިޑުގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށް ވެސް ބޭންކުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ގޮތުން މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކުން ބެކް ޓު ސްކޫލް ކެމްޕޭނަށް ހަދިޔާކޮށް، 100 ކުދީންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.