ދިރާގުގެ ރޯދަ ރެޑީ: ކޮންމެ ދުވަހަކު 5،000 ރުފިޔާގެ ޝޮޕިން ވައުޗަރެއް ދޫކޮށް، ކޮންމެ ހަފުތާއަކު އިނާމުތަކެއް

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ

ދިރާގުން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ އިނާމުތަކަކާ އެކު "ރޯދަ ރެޑީ" ޕްރޮމޯޝަނެއް މިއަދު އިއުލާންކޮށްފައެވެ.

ދިރާގުން ބުނީ، ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަންގެ މައިގަނޑު މަގުސަދަކީ ރޯދަމަހަށް ޚާއްސަކޮށްގެން މި މައްސަރުގައި ކަސްޓަމަރުންނަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން، މި ޕްރޮމޯޝަނުގެ ދަށުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ތަފާތު ގިނަ ފުރުސަތުތަކެއް ދިރާގުން ވަނީ ތައާރަފުކޮށްފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ކޮންމެ ދުވަހާއި ކޮންމެ ހަފުތާއަކު އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ދީފައެވެ.

މި ގޮތުން، ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 5،000 ރުފިޔާގެ ޝޮޕިން ވައުޗަރެއް ދިނުމަށް ހަމަޖެހިފައިވާއިރު، ޖުމުލަ 21 ނަސީބުވެރި ފަރާތަކަށް އެ ވައުޗާ ދޭން ދިރާގުން ވަނީ ނިންމާފައެވެ.

މިއަދު ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ

ދިރާގުން ބުނީ، މި ވައުޗާތަކަކީ ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއާލައިންތަކުން ވިޔަފާރިކުރެވޭނެ ވައުޗާތަކެއް ކަމަށެވެ.

މީގެ އިތުރުން، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި ފަރާތަކަށް، އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތު ވެސް ލިބޭނެކަން އެ ކުންފުނިން ވަނީ ބުނެފައެވެ.

ދިރާގުން ބުނި ގޮތުގައި، މި ޕްރޮމޯޝަނުގައި 50 ރުފިޔާއިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ޕްރީޕެއިޑް ކަސްޓަމަރުންނަށާއި އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ބޫސްޓަރެއް އެކްޓިވޭޓްކުރާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބައިވެރިވެވޭނެއެވެ.

މީގެއިތުރުން، 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ފަރާތްތަކާއި ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސް ސަބްސްކްރިޕްޝަނެއް އެކްޓިވޭޓްކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް މިއަދުން ފެށިގެން އަންނަ މަހުގެ ނުވައެއްގެ ނިޔަލަށް ދިރާގު އެޕް މެދުވެރިކޮށް އެންރޯލް ކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެންރޯލް ކުރާ ހިސާބުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ކަސްޓަމަރަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެކަން ފާހަގަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް