އުރީދޫން މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕޭންގެ 14 ވަނަ ނަސީބުވެރިއަކަށް ނުޒުހާ އިބްރާހިމް، މ. މުލައް ހޮވިފައިވާކަން އެ ކުންފުނިން މިއަދު އިއުލާނުކޮށްފިއެވެ.
އޭނާއަށް ވަނީ އުމްރާ ދަތުރެއް ލިބިފައެވެ.
އުރީދޫގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން
- ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭނެ
- ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމުލަ 19 އުމްރާ ދަތުރެއް ދޭން ވަނީ ހަމަޖެހިފައި
- މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ 2މީހަކަށް ހައްޖު ދަތުރެއް
މި ޕްރޮމޯޝަންގައި ބައިވެރިވާނީ ކިހިނެއް؟
- އުރީދޫ ކަސްޓާމަރެއް ނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލު ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
- އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލު ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުން
- ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެ
ވިހި އަހަރުގެ ކުޑަ މުއްދަތުގައި އުރީދޫން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލުކޮށްފައެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަންކުރަން ހިންގާ ކެމްޕޭނެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ ވެބްސައިޓަށް ޒިޔާރަތްކޮށްލަން އެ ކުންފުނިން ވަނީ އެދިފައެވެ.