މިހާރު ފަސިންޖަރުންގެ ތަކެތި އަވަހަށް، ޚަރަދުކުޑަކޮށް، 'ސިމްޕްލިފައިޑް ޑިކްލަރޭޝަން'އިން ކްލިއާ ކުރެވޭނެ: ކަސްޓަމްސް

ފަތުރުވެރިންތަކެއް އެއާޕޯޓުގައި ޚިދުމަތް ހޯދަނީ: މިހާރު ފަސިންޖަރުންގެ ތަކެތި އަވަހަށް، ޚަރަދުކުޑަކޮށް، 'ސިމްޕްލިފައިޑް ޑިކްލަރޭޝަން' އިން ކްލިއާ ކުރެވޭނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައި ---- ފޮޓޯ/ އެމްއޭސީއެލް

މިހާރު ފަސިންޖަރުންގެ ތަކެތި އަވަހަށް ކްލިއާ ކުރެވޭނެ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފިއެވެ.

ކަސްޓަމްސްއިން މި މަހު އެކެއްގައި ވަނީ "ސިމްޕްލިފައިޑް ޑިކްލަރޭޝަން" ނަމުގައި ޚިދުމަތެއް ތައާރަފުކޮށްފައެވެ.

ފަސިންޖަރުންނަށް މީގެ ކުރިން އެއާޕޯޓުގައި ތަކެތި ޑިކްލައިކުރުމަށް ކިޔޫގައި ގިނަ ވަގުތު ހޭދަކުރަން ޖެހި، ގިނަ މައުލޫމާތުތަކެއް އެ ކަން ކުރުމަށް ހުށަހަޅަން ޖެހެއެވެ. އެއާ ޚިލާފަށް، މިހާރު ތައާރަފުކޮށްފައިވާ "ސިމްޕްލިފައިޑް ޑިކްލަރޭޝަން"އިން އަވަހަށް، މަދު މައުލޫމާތުތަކާ އެއްކޮށް، ތަކެތި ކްލިއާ ކުރެވޭނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެއީ، ޚަރަދު ވެސް ކުޑަ ޚިދުމަތެއް ކަމަށާއި ރާއްޖެ އަށް އައުމުގެ ކުރިން ތަކެތި ޑިކްލައިކުރެވޭނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ބުނީ، އެ ޚިދުމަތަށް އެދެވޭނީ އީފާސް ލޮގިންއިން ކަސްޓަމްސް ވެބްސައިޓު މެދުވެރިކޮށް ކަމަށެވެ.

އެ ޚިދުމަތަށް އެދި ހުށަހަޅާނެ ގޮތުގައި ގައިޑްލައިން ކަސްޓަމްސްއިން ވަނީ އާންމުކޮށްފައެވެ

މިގޮތުން، އެ ޚިދުމަތަށް ހުށަހަޅައިގެން އޮންލައިކޮށް ސްޓޭޓަސް ބެލޭއިރު، އެސެސްކޮށް ނިމުމުން ޑިކްލަރޭޝަނަށް އަރާ އަދަދު ލިބޭނީ އެސްއެމްއެސް މެދުވެރިކޮށެވެ. އަދި، އޮންލައިންކޮށް ޑިކްލަރޭޝަނަށް ފައިސާ ދެއްކޭނެކަން ކަސްޓަމަސްއިން ފާހަގަކުރިއެވެ.

comment ކޮމެންޓް