އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ބާންސްލީ ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ލިވަޕޫލުން ލީޑު ނަގާފައިވަނީ މެޗުގެ ނުވަވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޮޒްލާއީއެވެ. އޭގެފަހުން ލީޑު ފުޅާކޮށްދިނީ ޖެރެމީ ފްރިމްޕޮންގް އެވެ. އޭނާ ލީޑު ފުޅާކޮށްދިނީ 36 ވަނަ މިނިޓުގައެވެ.
ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެޑަމް ފިލިޕްސް ވަނީ ބާންސްލީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ.

ލިވަޕޫލާއި ބާންސްލީ ބައްދަލުކުރި މެޗުގެ ތެރެއިން--
ދެވަނަ ހާފުގައި ބާންސްލީ އިން ވަނީ ގާތްގާތުގައި ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފްލޯރިއަން ވާޓްސް، ހޫގޯ އެކިޓިކޭގެ އިތުރުން އިބްރާހިމާ ކޮނާޓޭ ވަނީ ކުޅެން އަރުވާފައެވެ.
އޭގެފަހުން ލިވަޕޫލް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މެޗުގެ 84 ވަނަ މިނިޓުގައި މި ލަނޑު ޖެހީ ފްލޯރިއަން ވާޓްޒް އެވެ. ލިވަޕޫލުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެކިޓީކޭއެވެ.
ހަތަރުވަނަ ބުރުގައި ލިވަޕޫލާއި ދެކޮޅަށް ކުޅޭނީ ބްރައިޓަންއެވެ. މެޗު ކުޅޭނީ ފެބްރުއަރީ 14 ގައެވެ.