ކަނޑުއޮތްގިރިން ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފަށައިފި

ކަނޑު އޮތްގިރިއަށް ބޮޑު ކަންނެލި ގަންނަން ފެށުން: ކިލޯއެއް ގަންނަނީ 25 ރުފިޔާއަށް -- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް، ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފަށައިފިއެވެ.

ކަނޑުއޮތްގިރިއަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވައި، މިނިސްޓަރު ޝިޔާމް ވިދާޅުވީ، ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފެށީ، އިއްޔެ ކަމަށެވެ.

އަދި އެއީ މަސްވެރި ސިނާއަތަށް ވަރަށް ބޮޑު ފެށުމެއްގެ ގޮތުގައި ސިފަކުރައްވައި ޝިޔާމް ވިދާޅުވީ، މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށެވެ.

ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ކަނޑުއޮތްގިރީގައި: ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ކަނޑުއޮތްގިރިއަށް ވަނީ ކިރަން ފަށާފައި -- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

"އިއްޔެ ރަސްމީކޮށް ކަނޑުއޮއްގިރިއަށް ބޮޑު ކަންނެލި ކިލޯއަކަށް 25 ރުފިޔާގެ މަގުން ގަންނަން [ފަށައިފިން]" ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން، ކޮންމެ ކަމެއް ފަށާއިރު ވެސް ދެމެހެއްޓެނިވި ގޮތެއްގައި އެ ކަމެއް ކުރެވޭނެ ގޮތެއް ބަލާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި، ކަޅު ބިލަމަހާއި ބޮޑު ކަންނެލި މަސްވެރިންނަށް މިސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ކަނޑުއޮތްގިރިއަށް ބޮޑު ކަންނެލި ގަންނަން ފެށިއިރު، މީގެ ކުރިން އެ މަސްވެރިން ބޮޑު ކަންނެލި ވިއްކަމުން އައީ، އަމިއްލަ ކުންފުނިތަކަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި ނަތީޖާ ނުފެންނަ ކަމަށް ބުނެ، ނިމުނު ޑިސެމްބަރު 10ގައި އިހުތިޖާޖު ވެސް ކުރިއެވެ.

ކަނޑުއޮތްގިރިއަށް ބޮޑު ކަންނެލި ކިރަން ފެށުން -- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

އޭރު، މާލެއަށް ވަންނަ ނެރު ކައިރީ މަސްވެރިން ކުރި އިހުތިޖާޖުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ހިމެނޭހެން ނުވަ މީހަކު ހައްޔަރުކުރިއެވެ.

https://www.sun.mv/215349

ބޮޑު ކަންނެލި މަސްވެރިން މައިގަނޑު ގޮތެއްގައި އެދެނީ ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުމަށާއި، މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށެވެ.

އޭގެ ފަސް ދުވަސް ފަހުން މިނިސްޓަރާއެކު، 20 މަސްވެރިއަކު ދިގު ބައްދަލުމެއް ބޭއްވިއެވެ. އޭރު ޑިމާންޑުތަކަށް އުންމީދީ ޖަވާބެއް ލިބުނު ކަމަށް މަސްވެރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް