ދިރާގު ލިމިޓެއް ނެތް "ފައިބާ" ޕްރޮމޯޝަން: ސްމާޓް ކެމެރާއާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު

ދިރާގު ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ޚާއްސަކޮށްގެން ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.

ދިރާގުން ބުނީ، އެ ޕްރޮމޯޝަން މެދުވެރިކޮށް ހިލޭ ސްމާޓް ކެމެރާއާއެކު، ކޮންމެ ހަފުތަކާއަކު ވެސް 65 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެގޮތުން، ދިރާގު ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތައް މިހާރު ވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންގެ ތެރެއިން ޕެކޭޖް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް އަދި އަލަށް މި ޚިދުމަތް ހޯދާ މީހުންނަށް މި އަގު ހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ޕްރޮމޯޝަން މިހާރު ފަށައިފައިވާއިރު، މި މަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.

ދިރާގުން ބުނީ، އެ ޕްރޮމޯޝަންގެ ދަށުން، ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑެއްގެ އައު ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށް ހިލޭ 'އިންޑޯ ސްމާޓް ކެމެރާ' އެއް ލިބޭނެ ކަމަށެވެ. އަދި 50 އެމްބީޕީއެސްއިން ފެށިގެން މަތީގެ ޕެކޭޖެއް ޚިޔާރުކުރާ މީހުންނަށް 'އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް' އެއް މުޅިން ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، މިހާރު ވެސް ލިމިޓެއްނެތް ފައިބާ ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން، މި ޕްރޮމޯޝަންގެ މުއްދަތުގައި 30 އެމްބީޕީއެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑަކަށް ކަނެކްޝަން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ވެސް 'އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް' އެއް ހިލޭ ލިބޭނެ ކަމަށާއި، އެއީ ހަލުވި ސްޕީޑުގެ އިންޓަނެޓާއެކު ގޭތެރޭގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ، ހިލޭ ލިބޭ ކެމެރާގެ އިތުރުން، އެ ޕްރޮމޯޝަންގެ މުއްދަތުގައި ލިމިޓެއްނެތް ފައިބާ ޚިދުމަތް އަލަށް ހޯދާ ފަރާތްތަކާއި، ޚިދުމަތް އަޕްގްރޭޑް ކުރާ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ބާއްވާ ޚާއްސަ ގުރުއަތެއްގައި ބައިވެރިވެވޭނެ ކަމަށެވެ. އެ ކެމްޕޭނުގެ ތެރޭގައި ޖުމްލަ ހަތަރު ގުރުއަތުލުން ކުރިއަށްދާއިރު، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ޕްރޮމޯޝަނަކީ އިތުބާރުހުރި، ހަލުވި ފައިބާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށާއި، ސްމާޓް ހޯމް ސޮލިއުޝަންތަކާއި ހިތްގައިމު އިނާމުތަކާއެކު ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް