ފުވައްމުލަކުގައި މާރާމާރީއެއް ހިންގައި، ޒުވާނެއްގެ ބޯ ފަޅާލައިފި

ފުވައްމުލައް ސިޓީ: ފުވައްމުލަކުގައި މާރާމާރީއެއް ހިންގައި، ޒުވާނެއްގެ ބޯ ފަޅާލައިފި --- ފޮޓޯ/ ޔުނެސްކޯ

ފުވައްމުލަކު ސިޓީގައި މާރާމާރީއެއް ހިންގައި، 25 އަހަރުގެ ޒުވާނެއްގެ ބޯ ފަޅާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ ފުވައްމުލަކުގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު އިއްޔެ ރޭ 19:35 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މާރާމާރީގައި އޭނާގެ ބޯފަޅައިގެން ދިއުމުގެ ސަބަބުން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާއިރު މިހާރު ވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް