ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ ޒުވާނަކު މިދިޔަ އާދީއްތަ ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން ޅ. ނައިފަރު، ފަލަކް، 27އަހަރުގެ ޝާއިން ޢަލީ އާއި އއ. ފެރިދޫ، އިޙްރާމްގެ، އުމުރުން 20 އަހަރުގެ އާއިޝަތު މާޝާ އަޙްމަދެވެ.
މި އޮޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު އެއެޕާޓްމަންޓުން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންނަށް ވެސް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހައިފައެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލަަތަކުގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން މިހާރަކަށް އައިސް އަންނަނީ ހައްޔަރުކުރަމުންނެވެ. ޑްރަގް ބޮޑެތި ނެޓްވޯކްތަކުގައި ވެސް ޒުވާނުން ހަރަކާތްތެރިވަމުން އަންނަކަން ފުލުހުން ހިއްސާކުރާ މައުލޫމާތުތަކުން ހާމަވެއެވެ.