ކެންސަރު އާންމުވީއިރު، ޖެހެން މެދުވެރިވާ ސީދާ ސަބަބެއް އަދި ނޭނގެ: ނާޒިމް

5 ޖެނުއަރީ 2026: ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހީންނަށް ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބަކީ ކޮބައިކަން އަދި ނޭނގޭ ކަމަށާއި، އެ ކަން ދެނެގަތުމަށް ޓަކައި އަދި މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ކެންސަރު ބަލި ޖެހިފައިވާ މީހުން އިތުރުވުމުގެ ކަންބޮޑުވުން މިދިޔަ އަހަރުގެ ތެރޭ ވަނީ ފާޅުކޮށްފައެވެ. އެގޮތުން ނިސްބަތުން ކުޑަކުޑަ އާބާދީއެއް އޮންނަ، ދަނޑުވެރި ރަށެއްކަމަށްވާ ބ. ގޮއިދޫގައި ކެންސަރު ބަލި އާންމުވުމުގެ ކަންބޮޑުވުމާއެކު އެކަމުގެ ސަބަބު ދިރާސާކޮށްދިނުމަށާއި، އެ ރަށުގެ ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އިންސްޕެކްޝަނެއް ހިންގައި ދިނުމަށް އާންމު ރައްޔިތަކު އެދުނެވެ.

https://sun.mv/215019

އެ ގޮތަށް ކެންސަރު ބަލި ޖެެހެން މެދުވެރިވާ ސަބަބަކީ ކޮބައިތޯ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރުމުން ނާޒިމް ވިދާޅުވީ ކެންސަރު ބައްޔަކީ ރާއްޖޭގެ ސިއްހީ ނިޒާމުގައި އެންމެ ކަންބޮޑުވުން އޮތް އެއް ބަލި ކަމަށެވެ. ކެންސަރު ޖެހެން މަގުފަހިވާ އެކި ސަބަބުތައް އެބަހުރި ކަމަށާއި ނަމަވެސް ދިވެހީންނަށް ކެންސަރު ޖެހެނީ ސީދާ ކޮން ސަބަބަކާ ހެދިކަން އެއީ އަދި ހޯދިފައި އޮތް ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ބައެއް ހާލަތުގައި ކެންސަރަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ޖެެހެން މެދުވެރިވާ ބައްޔަކަށްވާއިރު އަނެއްބައިފަހަރު އެއީ އާއިލީ ގޮތުން ވާރުތަވާ ބ

"އެހެންނަމަވެސް ދިވެހިރާއްޖޭގައި ހަމަގައިމު ވެސް އެނގޭ ކަމަކީ ވަކި މިވެނި ސަބަބަކާ ހުރެއެކޭ ކިޔައިފައި އެހެން އެނގިފައެއް ނެތް. އެހެން އެއްޗެއް ދަންނަވާކަށް ވެސް ނޭނގެ،" ނާޒިމް ވިދާޅުވިއެވެ.

ނަމަވެސް ސިއްހީ ސިޔާސަތުގެ ދަށުން ކުރިއާލާ ޓެސްޓުތައް ހެދުމަށް ބާރު އެޅުމާއި، ރަށްރަށުގައި ވެސް ޓެސްޓު ހެދޭނެ މަގުފަހި ކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ކެންސަރަށް ދެވޭ ފަރުވާގެ ޚިދުމަތް ވެސް އަތޮޅު ތެރޭގައި ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ ކެންސަރު ޖެހުމުގައި ރާއްޖޭގައި އެންމެ އާންމު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ. އެއީ އެންމެނަށް ވެސް އެނގޭ ހަގީގަތެއް ކަމަށާއި، ދުންފަތާ ގުޅޭގޮތުން މި ސަރުކާރުން އެޅި ފިޔަވަޅުގެ ތެރެއިން އެކަމުގައި ހެޔޮ ބަދަލުތަކެއް ފެންނާނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ކެންސަރު ބަލީގައި ވަރަށް ކައިރިކައިރީ ފާއިތުވި އަހަރުތަކުގައި މީހުން މަރުވެ، އެ ކަން އާންމުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ އިތުރަށް، ރާއްޖޭގެ ދަނޑުތަކުގައި ހައްދާ މޭވާއާއި ތަރުކާރީއަކީ ބޭރުން އެތެރެކުރާ ކެމިކަލް ވެސް ގިނަ އަދަދަކަށް ޖަހައިގެން ހައްދާ މޭވާއާއި ތަރުކާރީއެވެ. އެހެންކަމުން އެ ތަކެތީގައި ހުންނަ ބައެއް މާއްދާތަކަކީ ވެސް ކެންސަރަށް މަގުފަހިވުމުގެ ބިރު ހުރި މާއްދާތަކެވެެ.

comment ކޮމެންޓް