މާލޭގެ މަގެއް މަތީގައި ރޭ ބިދޭސީންތަކެއް މާރާމާރީ ހިންގުމާ ގުޅިގެން، ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ހެންވޭރުގެ ވައިޖެހޭ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ 23:23ހާއިރު ލިބުނު ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެއީ ދެ ބިދޭސީން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، މީގެ ކުރިން ވެސް ބިދޭސީންގެ މެދުގައި ބޮޑެތި މާރާމާރީތައް ހިންގައި، ބައެއް މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައި އެބަހުއްޓެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ވެސް ވަރަށް ގިނައިރު، ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ، ކުށްތަކަށް އަރައިގަންނަ ބިދޭސީން 48 ގަޑިއިރު ތެރޭ ޑީޕޯޓް ކުރާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.