ސީޓުތައް ހުރީ މަޑު މުށި ކުލައެއްގައެވެ. ދިހަ ވަރަކަށް މީހުންގެ ޖާގައެވެ. ފަރުމާކޮށްފައި ވަނީ، އާއިލާއެކު، ދަތުރުތަކަށް ބޭނުންކުރަން އެންމެ ހިތްގައިމު ގޮތަށެވެ.
މިއީ، ދިރާގުން ދޫކުރާ އަލްޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕީޑުބޯޓެވެ. ދިރާގުން މިއަދު ވަނީ، ތިލަފުށީ ބޯޓު ޔާޑުގައި އޮތް އެ ބޯޓު ނޫސްވެރިންނަށް ދައްކާލާފައެވެ.
މިއީ ދަތުރު ދިއުމާއި މަހަށް ދިއުންފަދަ އެކި ކަންކަމަށް ބޭނުންކުރެވޭހެން ފަރުމާކޮށްފައިވާ ޒަމާނީ ސްޕީޑު ބޯޓުތަކެވެ. ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ މި ލޯންޗުގެ ދުވެލި ވެސް ވަރަށް ބާރުވާނެއެވެ.

ދިރާގުން ދޭ ލޯންޗް: މިއީ ވަރަށް ޒަމާނީ ލޯންޗެއް--ސަން ފޮޓޯ/އަފްވާން ސޮލާހު
މި ހިތްގައިމު ސްޕީޑުބޯޓު ހޯދާލަން ބޭނުންނުވާނީ ކާކު ހެއްޔެޥެ؟ ހިތް އުފާކޮށްލާ، ދަތުރު ގޮސް އުޅެލަން މި ސްޕީޑުބޯޓުތައް ވަރަށް އަރާމުވާނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެގެން ފުރަތަމަ ސްޕީޑުބޯޓު ހޯދަން މިހާރު މިއޮތީ އެންމެ ތިން ދުވަހެވެ. އެކަމަކު، މިހާ ވަގުތު ކުޑަ ތަންވެފައި އޮތަސް، އަދި ވެސް ފުރުސަތު އެބަ އޮތެވެ.
މި ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވޭނީ:
ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން
ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުން
އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ބިލު ދައްކާ ކަސްޓަމަރުންނަށް
ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް ހިޔާރުކުރާ ކަސްޓަމަރުންނަށް
ދިރާގާ އަލަށް ގުޅޭ ކަސްޓަމަރުންނަށް
މި ލޯންޗާއެކު އަދި ފުރުސަތު ނިމުނީއެއް ނޫނެވެ. މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ދިރާގު ކަސްޓަމަރުންނަށް އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އައު ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައި ކަމަށެވެ.
މީގެ އިތުރުން، ދިރާގު ޕޭއަށް ރަޖިސްޓްރީކޮށްގެން މި ޕްރޮމޯޝަންގެ ދަށުން ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި، މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓާކުރާ ކަސްޓަމަރުންނަށް ވެސް ސްޕީޑްބޯޓު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.