ފުލުހެއްގެ ކަރުގައި ހިފި މައްސަލާގައި 15 ދުވަހަށް ބަންދަށް

ދެ ފުލުހެއް މަގުމަތީގައި: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހަކާ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ޒުވާނަކު 15 ދުވަހަށް ޖަލުގައި ބަންދު ކުރަން, ކްރިމިނަލް ކޯޓުން އިއްޔެ އަމުރު ކޮށްފިއެވެ.

ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ, ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 27 އަހަރުގެ ޒުވާނެކެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހި އަމުރުން އެނގޭ ގޮތުގައި އެ ޒުވާނާ ވަނީ ފުލުހުންގެ ކުރިމަތީގައި ފުލުހުންނަށް އިންޒާރު ދީފައެވެ. އަދި ފުލުހެއްގެ ކަރުގައި ހިފާފައިވާ ކަމަށް އަމުރުގައި ތުހުމަތު ކޮށްފައިވެއެވެ.

ނަމަވެސް އޭނާ ވަނީ ތުހުމަތުތަކަށް ކޯޓުގައި އިންކާރު ކޮށްފައެވެ.

ކޯޓު އަމުރުން އެނގޭގޮތުގައި މި ޒުވާނާއަކީ ބަންދުގެ ރެކޯޑް އޮތް މީހެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައެވެ.

comment ކޮމެންޓް