އިސްލާހަށް ބަދަލެއް: އެކަނިވެރި މައިންގެ އެލަވަންސް ދެނީ 12،000 އާ ހަމައަށް

ކުޑަކުދިންތަކެއް ހިނގައިލަނީ --

އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ކޮންމެ މަހަކު ދޭ މާލީ އެހީއަށް އިއްޔެ ގެނައި އިސްލާހު، ބަދަލުކޮށް 12،000 ރުފިޔާއާ ހަމައަށް ދޭން ނިންމައިފިއެވެ.

މީގެ ހަ އަހަރުކުރިން، އޮކްޓޯބަރު 20، 2019ގައި، އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ދޭ މާލީ އެހީ ވަނީ، 3،000 ރުފިޔާއިން 10،000 ރުފިޔާއާ ހަމައަށް އިތުރުކޮށްފައެވެ.

އިއްޔެ، އިސްލާހުކޮށް ގެޒެޓުކުރި ގަވައިދުގައިވާ ގޮތުން އެކަނިވެރި މައިންނަށާއި ބަފައިންނަށް ގިނަވެގެން ދޭ ފައިސާގެ އަދަދު ވަނީ 15،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އެއީ އަހަރެއްގެ މައްޗަށް 180،000 ރުފިޔާއެވެ.

އެ އިސްލާހުގައި ވާ ގޮތުން، ހަތަރު ކުދިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ދައުލަތުން ދޭނެއެވެ. އަދި އޭގެ ފަހުން އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބޭނެކަމަށް ވެސް ގާނޫނަށް ގެނައި އިސްލާހުގައިވެއެވެ.

ނަމަވެސް މިއަދު އަލުން އެ ގަވައިދަށް އިސްލާހެއް ގެނެސް، ވަނީ ގެޒެޓުކޮށްފައެވެ.

ގަވައިދު އިސްލާހުކުރިއިރު، ހަތަރު ކުދިންނަށްވުރެ އިތުރުވާ ނަމަ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބޭ މާއްދާ ވަނީ އުނިކޮށްފައެވެ. އަދި ލިބޭނީ ޖުމްލަ ހަތަރު ކުދީންނާ ހަމައަށް ކުއްޖަކަށް 3،000 ރުފިޔާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

https://sun.mv/212967

ފަގީރު ހާލުގައި އުޅޭ އެކަނިވެރި މައިންނާއި، ބަފައިންނަށް ދޭ އެލަވަންސް ބޮޑުކުރަން ފުރަތަމަ ރައީސް ވައުދުވެވަޑައިގަތީ ވެސް 12،000 ރުފިޔާއާ ހަމައަށް ބޮޑުކުރާށެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިން ނުވަތަ ބަފައިންގެ ތެރޭ 2،895 މީހަކު އެބަ ތިއްބެވެ. އަދި 4،940 ކުޑަކުއްޖަކަށް މާލީ އެހީތެރިކަން ދެމުން ގެންދާކަން ވެއެވެ.

އެ މަހު އެކަނިވެރި މައިންނާއި ބަފައިންނަށާއި އެ މީހުންގެ ދަރިންނަށް 4.94 މިލިއަން ރުފިޔާ ޚަރަދުކުރިކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ.

comment ކޮމެންޓް