އިރުވައި މޫސުން ފެށުމާއެކު ހިއްގައިމު ގުޑުގުޑާ ދޫނި (ފްލެމިންގޯ)ތައް އަނެއްކާ ވެސް ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކުރަން ފަށައިފިއެެވެ.
އިރުވައި މޫސުމާ އެކު 2021ވަނަ އަހަރު ރާއްޖެއަށް އައި ގުޑުގުޑާ ދޫނިތައް ވަނީ މުޅި ރާއްޖޭގެ ސަމާލުކަން ހޯދާފައެވެ. އެއަށް ފަހު ރާއްޖޭގެ ބައެއް ހިސާބުތަކުގެ ގިނަ ރަށްތަކުގެ ކުޅިތަކުން އެ ދޫނިތައް ފެނިފައިވެއެވެ.
މި އަހަރުގެ އިރުވައި މޫސުން ފެށުމާ އެކު އެ ދޫނިތައް ވަނީ އަނެއްކާ ވެސް ވަނީ ރާއްޖޭގެ ކުޅިތަކަށް ޒިޔާރަތްކުރަން ފަށާފައެވެ.
އެ ރަށުގެ ފޮޓޯ ގްރާފަރަކު ވަނީ އެ ދޫނިތަކުގެ ހިތްގައިމު ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ރާއްޖެއަށް ރަސްމީކޮށް އިރުވައި މޫސުން ފެށުނީ މިމަހު ކުރީކޮޅެވެ.
އެ ފޮޓޯތަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ މީގެ ކުރީން މި ދޫނިތަކަށް ގޯނާ ނުކުރުމަށް ގޮވާލާފައެވެ.
އެ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ.