ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ޖުމްލަ އަށް މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަންތަކުގައި މާލޭގެ ހަތް އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ އަށް މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ބުންޏެވެ. އެއީ:
- މއ. ގުލްބަކާގެ / މާލެ، އަޙްމަދު ޒިޔާން (48އ)
- ހ. ބްލޫސްކޫޕް / މާލެ، ޒުހުރާ ޢަބްދުއްލަޠީފް (54އ)
- މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ)
- ހ. ހުދުކެލާ / މާލެ، އިސްމާޢީލް ރަޝީދު (53އ)
- މ. ރަނިކަ / މާލެ، ޙަސަން ޙަލީމް (42އ)
- މ. ރަނިކަ / މާލެ، އާޝިޔާ ޙަލީމް (51އ)
- މއ. އައިރީ / މާލެ، ޢަލީ އީވާން (43އ)
- އެތުމާގެ / ގދ. ގައްދޫ، ޢާއިޝަތު ނަޘުމާ (44އ)
ފުލުހުން ބުނި ގޮތުގަައި މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކޮށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އައިކް ފަސް ދުވަހަށް ބަންދުކޮށް، ދެންތިބި ހަތް މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.