ދިރާގު ގޭމާސް ގިލްޑްއިން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތެއް

ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕްކޮށްގެން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި -- ފޮޓޯ/ ދިރާގު

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އިން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތެއް އިއުލާންކޮށްފިއެވެ.

ޑީޖީޖީއަށް ހަމައެކަނި ސައިން-އަޕްކޮށްލައިގެން ބައިވެރިވެވޭ މި ގިވްއަވޭ މެދުވެރިކޮށް ނަސީބުވެރިއަކަށް އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ލިބޭނެއެވެ.

ދިރާގު ގޭމާސް ގިލްޑަށް ސައިން-އަޕް ކުރާނީ dgg.mv މެދުވެރިކޮށެވެ.

މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އަންނަ ފެބުރުވަރީ 28ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.

ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕްކޮށްގެން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި -- ފޮޓޯ/ ދިރާގު

ޑީޖީޖީއިން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ޚާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި، ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.

އެޕަލްއިން އައިފޯން 17 ސީރީޒް ދުނިޔޭގެ ބާޒާރަށް ނެރެފައިވަނީ ސެޕްޓެމްބަރު މަހުގައެވެ. އެ ސީރީޒްގައި އައިފޯން 17، 17 ޕްރޯ، އައިފޯން އެއާ އަދި 17 ޕްރޯ މެކްސް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް