މުދަލު ޒަކާތުގެ ނިޞާބު މިއަހަރު ދެވަނަ ފަހަރަށް ބޮޑުކޮށްފި، މިހާރު 19،527.90 ރުފިޔާ

ޒަކާތު ފައިސާ ބަލައިގަތުން: މުދަލު ޒަކާތުގެ ނިޞާބަކީ 19،527.90 ރުފިޔާ -- ފޮޓޯ/ ޒަކާތު ހައުސް

މިއަދުން ފެށިގެން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބޮޑުކޮށް، ޒަކާތު ހައުސްއިން އެކަން އިއުލާނުކޮށްފިއެވެ.

މިއީ މި އަހަރު މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބޮޑުކުރި ދެވަނަ ފަހަރެވެ.

ޒަކާތު ހައުސްގެ އިއުލާނުގައިވާ ގޮތުން، މިއަދުން ފެށިގެން ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 19،527.90 ރުފިޔާއެވެ. އެއީ, މީގެ ހަތަރު މަސް ކުރިން ނިޞާބު ކަމަށް ކަނޑައެޅި 11،191.95 ރުފިޔާއަށް ވުރެ 8،335.95 ރުފިޔާ އިތުރު އަދަދެކެވެ.

https://sun.mv/210277

މިއަދު ޒަކާތު ހައުސްއިން ކުރި އިއުލާނުގައިވަނީ މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅާފައިވަނީ ރިހީގެ ގްރާމަކަށް 32.82 ރުފިޔާގެ ރޭޓުން 595 ގުރާމަށްވާ އަދަދަށް ކަމަށެވެ.

އެހެންކަމުން މިއީ މިހާތަނަށް ރާއްޖޭގައި ކަނޑައެޅި އެންމެ ބޮޑު ނިޞާބުގެ އަދަދެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވާނެއެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

https://sun.mv/207806

ޒަކާތުގެ ނިޞާބު އެންމެ ފަހުން ބޮޑުކުރީ، މިދިޔަ އަހަރުގެ މެއި، 22 ގައެވެ. އޭގެ ފަހުން، މިދިޔަ ޖޫން މަހު، އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރަށް ވުރެ 1،000 ރުފިޔާ އިތުރަށް، ބޮލަކަށް 5،000 ރުފިޔާގެ ރޭޓުން މުދަލުގެ ޒަކާތް ބަހާފައެވެ. އޭރު މިނިސްޓްރީން ޒަކާތް ބަހާފައިވަނީ ފަޤީރުންގެ ދަފްތަރުގައި އެހާތަނަށް ރަޖިސްޓަރީ ވެފައިވާ 2,852 ފަޤީރުންނަށެވެ.

comment ކޮމެންޓް