މިލްކިއްޔާތުގައި 700 ބިލިއަން ޑޮލަރު ހުރި ފުރަތަމަ މީހަކަށް މަހުޖަނު އީލޮން މަސްކު ވެއްޖެއެވެ.
އެ މަގާމު މަސްކަށް ލިބުނީ މިދިޔަ އަހަރު ބާތިލް ކުރި، ޓެސްލާގެ 139 ބިލިއަން ޑޮލަރުގެ ހިއްސާގެ އޮޕްޝަންތައް އަލުން ބޭނުން ކުރެވޭނެ ކަމަށް ޑެލަވެއާގެ ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.
އެ ނިންމުމާއެކު، އެ ކުންފުނީގެ ސީއީއޯ މަސްކުގެ މިލްކިއްޔާތު 749 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ފޯބްސްގެ 'ބިލިއަނާސް އިންޑެކްސް'އިން ވަނީ ދައްކާފައެވެ.
ޓެސްލާއިން 2018 ވަނަ އަހަރު މަސްކަށް ކަނޑައެޅި 56 ބިލިއަން ޑޮލަރުގެ އަގު ހުރި ޕޭ ޕެކޭޖަކީ ޚިޔާލަށް ވެސް ނުގެނެވޭހާ ބޮޑު ޕެކޭޖެއް ކަމަށް ބުނެ ކޯޓުން ވަނީ އެ މައްސަލަށް ބާތިލުކޮށްފައެވެ.
މިލްކިއްޔާތުގައި 700 ބިލިއަން ޑޮލަރު ހުރި ފުރަތަމަ މީހާގެ މަގާމު މަސްކަށް ލިބިފައި ވަނީ، އޭނާގެ އޭރޯސްޕޭސް ކުންފުނި، ސްޕޭސްއެކްސްއިން އާންމުންނަށް ހިއްސާ ވިއްކަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފައި ވަނިކޮށެވެ.
ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން ދައްކާ ގޮތުގައި މަސްކުގެ މިލްކިއްޔާތު މިހާރު ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ ގޫގުލްގެ ކޯ ފައުންޑާ ލެރީ ޕޭޖްއަށް ވުރެ 500 ބިލިއަން ޑޮލަރު އިތުރުވެފައެވެ.