ދަރޭގެ އާސާރީ ތަރިކައެއް ކުދިންނަށް ނުދީ އާއިލާގެ އެހެން މީހަކަށް

އިންޑިއާގެ ކުރީގެ އެކްޓަރު ދަރުމެންދްރަ--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު މަރުވި އިންޑިއާގެ މަޝްހޫރު އެކްޓަރު ދަރުމެންދްރަގެ މިލްކިއްޔާތުގައި ހުރި ދުވަސްވީ އާސާރީ ތަރިކަ މުދަލުން ބައެއް އެކްޓަރުގެ އުފަން ކުދިންނަށް ނުދީ އާއިލާގެ އެހެން މެންބަރަކަށް ދީފައިވާކަން އެނގިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ އެކަން އެނގިފައިވަނީ މީގެ އަށް އަހަރު ކުރިން ދަރޭ ތައްޔާރުކޮށްފައިވާ ވަސިއްޔަތުން ކަމަށެވެ. މި ވަސިއްޔަތުގައި ފާހަގަކޮށްފައިވާ ތަރިކަ މުދަލުގެ ތެރޭ ހިމެނެނީ ދަރޭ ކުޑައިރު ދިރިއުޅުން ބައްޓަންކުރި ޕަންޖާބުގައި އޮތް ބިމެކެވެ.

ދަރޭއަކީ ލޫދިޔާނާ ޑިސްޓްރިކްޓްގެ ދަންގޯއާ ގުޅުންހުރި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ދަރޭ ވަނީ އެ ރަށުގައި ތިން އަހަރު ދުވަސްވަންދެން ދިރިއުޅެފައެވެ. ފިލްމު އިންޑަސްޓްރީއަށް ތައާރަފުވެ ލިބުނު މަޝްހޫރުކަމާ އެކު ވެސް ކުޑައިރު ދިރިއުޅުނު އެ ގެ މަތިން ދަރޭ ހަނދާންނައްތައެއް ނުލައެވެ.

އޭރު ވަރަށް އާދައިގެ ގޮތަކަށް އިމާރާތްކޮށްފައި ހުރި އެ ގޭގެ އަގު މިހާރު އެތައް ކްރޯޑު ރުޕީސްއަށް އަރާފައިވީ ނަމަވެސް އެކްޓަރު ދިޔައީ އެ ގޭގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ.

ދަރޭ ހަޔާތުގައި ކުރި ދެ ކައިވެންޏަށް ލިބިފައިވާ ކުދިން އަދި ދެ އަނބިންނާ އެކު--ފޮޓޯ/ޕިންކްވިލާ

ގެ ބެލެހެއްޓުމުގެ ޒިންމާ ދަރޭގެ އެއްބަނޑު އެއްބަފާ މީހުންނާ ހަވާލުކުރުމަށް ފަހު، މީގެ އަށް އަހަރު ކުރިން ދަރޭ ވަނީ ދަރޭއަށް ބޮޑުބޭބެ ކިޔާ ކުދިންނަށް އެ ތަން ހިބައިންދީފައެވެ. އެ ކަމާގުޅޭ ލިޔެކިޔުންތައް އެކްޓަރު ތައްޔާރުކޮށްފައިވަނީ ސިއްހީ ހާލަތު ގޯސްވުމުގެ މާ ކުރިން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ދަރޭގެ އެ ނިންމުމަކީ އެކްޓަރުގެ އާއިލާގެ ޒިންމާތަކަށް އިހުތިރާމުކުރުމުގެ ގޮތުން ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ބުނެ، ވަރަށް ގިނަ ބަޔަކު އަންނަނީ އެކްޓަރަށް ތައުރީފުކުރަމުންނެވެ.

ދަރޭ މަރުވިއިރު އެކްޓަރުގެ މިލްކިއްޔާތުގެ އަގު 335 ކްރޯޑް ނުވަތަ 450 ކްރޯޑު ރުޕީސް (40 އާއި 54 މިލިއަން ޑޮލަރަ)ށް އަރާނެ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް