މަސައްކަތުގެ ފެންވަރު މިންކުރާނަން، ދަށްނަމަ ފުލުހުންގެ ތެރޭ ނުތިބެވޭނެ: އިހުސާން

އިއްޔެ ފެށި ލޯކަލް ޕޮލިސިން ކޮންފަރެންސްގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕޮލިސް

މަސައްކަތުން ނަތީޖާ ނުދެއްކޭ ފުލުހުންނަށް, ފުލުހުންގެ މުއައްސަސާ ތެރޭގައި އަބަދަކު ނުތިބެވޭނެކަމަށް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިގޮތަށް ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ނުވަތަ ރަނގަޅު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް އިއްޔެ ފެށި "ލޯކަލް ޕޮލިސިން ކޮންފަރެންސް" ގެ ތެރެއިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައެވެ.

އިހުސާން ވިދާޅުވީ މަސައްކަތުގެ ފެންވަރު ނުދެއްކޭ ކަމަށް ވާނަމަ ފުލުހުންގެ ތެރޭގައި އެމީހަކަށް ނުހުރެވޭނެ ކަމަށް ފުލުހުންނާ މުހާތަބުކުރައްވަމުން ވިދާޅުވެފައިވާ ކަމަށެވެ. އެކަމަކު މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އަލުން ތަމްރީން ކުރުމާއި ނަސޭހަތުގެ ފުރުސަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ މީގެ މަގްސަދަކީ ރައްޔިތުން ފުލުހުންގެ ކިބައިން ބޭނުންވާ ނަތީޖާ ނެރެދިނުން ކަމަށެވެ.

އިހުސާން ވިދާޅުވި ގޮތުގައި މި ކަމަށް ޓަކައި، އެކި ފަންތީގެ ފުލުހުން މިންކުރާނެ ގޮތްތައް ވެސް ކަނޑައެޅުމަށް ހަމަޖެހިފައިވެއެވެ.

"އަޅުގަނޑުމެން ފުލުހުންނަށް ދަންނަވާފައިވާނެ، ޕާފޯމަންސް ނުދެއްކޭ ކަމަށްވާނަމަ، އެމީހާ ފުލުހުންގެ ތެރޭގައި ނުހުންނާނެ. ރީޓްރެއިންވާން، ނަސޭހަތްދޭން ފުރުސަތުދީފައި. އެކަމަކު މިތާ ތެރޭގައި އަބަދުމެ ނޮން ޕާފޯމިން މީހެއްގެ ގޮތުގަ ނުއެއް ހުރެވޭނެ،" އިހުސާން ވިދާޅުވެފައިވެއެވެ.

މިއަދުގެ ނިޔަލަށް އޮންނަ ލޯކަލް ޕޮލިސިން ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭ ގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެފައިވެއެވެ.

ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން އެ މުއައްސަސާގެ ތެރޭގައި ހިންގާ ތަމްރީންތަކުގެ އިތުުރުން ރާއްޖެއިން ބޭރަށް ވެސް ފުލުހުން ތަމްރީންކުރަން ފޮނުވައެވެ.

https://sun.mv/214763

ފުލުހުންގެ ޚިދުމަތަށް ވަރަށް ގިނަ ރައްޔިތުންގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. މައިގަނޑު އެއް ސަބަބަކީ ތަހުގީގުތަކުގައި އިންސާފުވެރިކޮށް އަމަލުނުކުރުމާއި، ބާރުވެރި ފަރާތްތަކުގެ ނުފޫޒު ފުލުހުންނަށް ފޯރާކަމުގެ ތުހުމަތު ކުރެވުމެވެ. އަދި އެ މުއައްސަސާ ސިޔާސީވުން ކަމަށް ވެސް ބައެއް ފަރާތްތައް ތުހުމަތުކުރެއެވެ.

comment ކޮމެންޓް