އަބްދުﷲ ގާޒީއާ އިންޒާރުދީގެން ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދާ ދިމާކޮށް ހަމަލާދޭން އުޅުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު އިސް ގާޒީ ރ. މާކުރަތަށް ވަޑައިގެން ހުކުރުން ފައިބައިވަޑައިގެންނެވި ވަގުތު މަގުމަތިން އިސް ގާޒީއާ ދިމާކޮށް ހަމަލާންދޭން އުޅުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދަށް ވެސް 15 ދުވަހަށް މުއްދަތު މިއަދު ޖަހާފައިވާ ކަމަށެވެ.

އިސް ގާޒީ އަބްދުﷲ މުހައްމަދު ރ. އަތޮޅަށް ވަޑައިގެންނެވީ ޗުއްޓީ ދަތުރުފުޅެއްގަ އެވެ. އަބްދުﷲ މުހައްމަދަކީ ރ. ހުޅުދުއްފާރު ބޭފުޅެކެވެ.

އެދުވަހު އެދެމީހުން ހައްޔަރު ކުރަން މަސައްކަތްކުރި ވަގުތު ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ސަބަބުން ހައްޔަރު ކުރި ހަތަރު މީހެއްގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހައިދީފަ އެވެ.

ފަހަކަށް އައިސް ސަރުކާރުގެ އިސްވެރިނާއި ސިޔާސީ ޕާޓިތަކުގެ އިސްވެރިނާ ދިމާކޮށް ފުރައްސާރަކުރާ މައްސަލަ ވަނީ އިތުރުވެފަ އެވެ. އެގޮތުން އަބްދުﷲ ގާޒީއާ ބަޔަކު ދިމާކޮށް ހަމަލާދޭން މަސައްކަތްކޮށްފައިވާ އިރު ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ދ. މާއެނބޫދޫ އަށް ވަޑައިގަތުމުން މިނިސްޓަރަށް ބިރު ދައްކައި އިންޒާރު ދިން ކަމުގެ ތުހުމަތަށް ވެސް ފުލުހުން ވަނީ ދެމީހަކު ހައްޔަރުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު