ސަނީ ލިއޯން އާއި ވިކްރަމްއަދިތިޔަ މޮތުވާނޭ ގުޅިގެން އިންޓަނޭޝަނަލް ވެބް ސީރީސްއެއް އުފައްދަނީ

ބަތަލާ ސަނީ ލިއޯން ފިރިމީހާއާ އަދި ފިލްމު ޑައިރެކްޓަރު ވިކްރަމްއަދިތިޔައާ އެކު--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑް ބަތަލާ ސަނީ ލިއޯން އަދި އިންޑިއާގެ މަގުބޫލު ފިލްމު ޑައިރެކްޓަރު ވިކްރަމްއަދިތިޔަ މޮތުވާނޭ ގުޅިގެން އިންޓަނޭޝަނަލް ވެބް ސީރީސްއެއް އުފައްދަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

އިންޑިއާގެ ކޮންޓެންޓްތައް ބައިނަލްއަޤްވާމީ ސްޓޭޖްތަކަށް ގެންގޮސްދިނުމުގެ މަގްސަދުގައި އުފައްދާ މި ވެބް ސީރީސް ގެނެސްދޭނީ ސަނީގެ ފިލްމު ކުންފުނި ސަންސިޓީ އާއި ވިކްރަމްއަދިތިޔަގެ ފިލްމު ކުންފުނި އަންދޮލަން ފިލްމްސް ގުޅިގެންނެވެ. އިންޓަނޭޝަނަލް މި ވެބް ސީރީސްގެ ކޮޕީ ރައިޓްސް ސަނީގެ ފިލްމު ކުންފުނިން ގަނެފައިވާތާ ވަރަށް ދުވަސްވެއްޖެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ވިކްރަމްއަދިތިޔަ ފަދަ ވެބް ސީރީސް އުފެއްދުމުގެ ތަޖުރިބާހުރި ޑައިރެކްޓަރަކާ އެކު މަސައްކަތްކުރެވޭތީ ވަރަށް އުފާވާ ކަމަށް ސަނީ ވަނީ ބުނެފައެވެ. ދެ ކުންފުނި ގުޅިގެން ގެނެސްދޭ މި ވެބް ސީރީސް އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީސްއެއް ކަމަށާއި ބެލުންތެރިންނަށް ސީރީސް ގެނެސްދިނުމަށް ކެތްމަދުވެފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ވިކްރަމްއަދިތިޔަގެ މަގުބޫލު ސީރީސް "ޖުބިލީ"--ފޮޓޯ/ފިލްމުފެއަ

ސަނީ އެންމެފަހުން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށް ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ އެކްޓަރު/ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމިއްޔާ މުހިއްމު ރޯލްއިން ފެނުނު ފިލްމު "ބޭޑްއޭސް ރަވީކުމާރު"އެވެ.

"ލޫޓެރާ"، "އުޅާން"، "ޖުބިލީ" އަދި "ސީޓީއާރުއެލް" ފަދަ ސީރީސްތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ވިކްރަމްއަދިތިޔަ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ވެބް ސީރީސް އަކީ "ބްލެކް ވޮރެންޓް"އެވެ.

އެކްޓަރު ޒަހާން ކަޕޫރު މުހިއްމު ރޯލް ކުޅުނު "ބްލެކް ކަރަންޓް"އަށް ލިބުނު މަގުބޫލުކަމާ ގުޅިގެން އެ ސީރީސްގެ ދެވަނަ ސީޒަންއެއް އުފައްދާނެކަން ވިކްރަމް ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް