ޓެކްސަސްއަށް ކުރަމުންދާ ވިއްސާރައިގެ 43 މީހުން މަރުވެއްޖެ

ޓެކްސަސްގެ ގްވާޑަލޫޕް ކޯރު ބަންޑުންވެ،ފެންބޮޑުވެފައި. ފޮޓޯ/ގެޓީ

އެމެރިކާގެ ޓެކްސަސްއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެ ސްޓޭޓުގެ މަޝްހޫރު ސަބަބުން 15 ކުޑަކުދިން ހިމެނޭހެން 43 މީހުން މަރުވެއްޖެއެވެ.

އޭ ހާދިސާގައި އެތައް ބަޔަކު ގެއްލިފައި ވެސް ވާއިރު، މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް 850 މީހުން ވަނީ ސަލާމަތްކޮށްފައެވެ.

"އެންމެން ފެންނަންދެން މި މަސައްކަތް ކުރިއަށް އެބަދޭ، އަދި ކުރިއަށްދާނެ،" ކެރް ކައުންޓީގެ ޝެރިފް ލެރީ ލޭތާ ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި، އެ ސަރަހައްދުގެ އަންހެން ކުދިންނަށް ޚާއްސަ ސްކޫލަކުން ކޭމްޕިންއަށް ގޮސް އުޅުނު ދަރިވަރުންތަކެއް ވެސް ހިމެނެއެވެ.

ޓެކްސަސްގެ ހަންޓްގައި ހުންނަ ކޭމްޕް މިސްޓިކްގައި ހުންނަ ކެބިނަކަށް ފެންބޮޑުވުމުގެ ސަބބަުން ގެއްލުން ލިބިފައި.ފޮޓޯ/ގެޓީ

ދަރިފުޅު މަރުވިކަން ބައެއް ބެލެނިވެރިން ވަނީ ސޯޝަލް މީޑިއާގައި ކަށަވަރުކޮށްދީފައެވެ.

ޓެކްސަސްގެ މެދުތެރޭ ސަރަހައްދުތަކަށް ކުރިއަށް ހުރި ވަގުތުތަކުގައި ފެން ބޮޑުވާނެ ކަމުގެ އިންޒާރު މިހާރު ވެސް ސްޓޭޓް އިމާޖެންސީ މެނޭޖްމަންޓް އޮފިޝަލުން ވަނީ ދީފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ރެސްކިއު ޓީމުތަކުން މީހުން ހޯދުމުގެ މަސައްކަތްކުރަނީ. ފޮޓޯ/ގެޓީ

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިނގި އޭ ހާދިސާއާ ގުޅިގެން އެ ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

comment ކޮމެންޓް