މަޖީދީމަގާއި ބޮޑު ތަކުރުފާނު މަގުން 18 ދުވަސް ތެރޭ 380 ސައިކަލު ޓޯކޮށްފި

ބޮޑުތަކުރުފާނު މަގުގައި ފުލުހެއް ކާރެއް ހުއްޓުވަނީ: މަޖީދީމަގާއި ބޮޑު ތަކުރުފާނު މަގުން 18 ދުވަސް ތެރޭ 380 ސައިކަލު ޓޯކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކާ -- ސަން ފޮޓޯ/ މޫސާ ނަދީމް

ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވުމުގެ ސަބަބުން، މާލޭ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުން, 18 ދުވަސް ތެރޭ ޖުމްލަ 381 ސައިކަލާއި 41 ކާރު ޓޯކޮށްފިއެވެ.

މަޖީދީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރާނެކަން ފުލުހުން ހާމަކުރީ މިދިޔަ މަހު 12ގައެވެ. އަދި ޖޫން 19ގައި ވަނީ ބޮޑުތަކުރުފާނު މަގުގައި ވެސް ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރާނަމަ ޓޯކުރާނެކަން އިއުލާންކޮށްފައެވެ.

ފުލުހުން މިއަދު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ޓޯކޮށްފައިވަނީ މަޖީދީ މަގުގައި ޕާކުކޮށްފައިހުރި 216 ސައިކަލަކާއި ދެ ކާރެވެ. ތަކުރާރުކޮށް ގަވާއިދާ ޚިލާފަށް ޕާކު ކުރުމުގެ ސަބަބުން މަޖީދީ މަގުން އިތުރު އެއް ސައިކަލު ވެސް ފުލުހުން ވަނީ ޓޯކޮށްފައެވެ.

ބޮޑުތަކުރުފާނު މަގުން ޓޯކުރީ 164 ސައިކަލާއި 38 ކާރެވެ. އޭގެ އިތުރުން ތަކުރާރުކޮށް ނުގަވާއިދުން ޕާކުކުރުމުން، އިތުރު އެއް ކާރު ވަނީ ޓޯކޮށްފައެވެ.

ވެރިކަންކުރާ މާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

https://sun.mv/204577

މާލޭ ސަރަހައްދުގައި ރެޖިސްޓްރީކޮށްގެން ދުއްވޭނެ ކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އުޅަނދު މާލޭ ސިޓީގައި މިހާރު ވެސް ދުއްވަމުން އަންނަ ކަމަށް، އިސްލާމިކް ޔުނިވަސީޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ހެދި ދިރާސާއަކުން ވަނީ ދައްކައިފައެވެ.

އެ ދިރާސާގައި ވަނީ ސައިކަލުގެ އަދަދު 76،518އަށް، އަދި ކާރުގެ އަދަދު 5،610އަށް މަދުކުރުމަށް ލަފާދީފައެވެ.

comment ކޮމެންޓް