މާދަމާއަކީ ޙައްޖު މަހުގެ އެއްވަނަ ދުވަސް، ޢީދު ވާނީ އަންނަ ހަފުތާގެ ހުކުރު ދުވަހަށް

މާދަމާއަކީ ޙައްޖު މަހުގެ އެއްވަނަ ދުވަސް، ޢީދު ވާނީ އަންނަ ހަފުތާގެ ހުކުރު ދުވަހަށް --

މާދަމާއަކީ ޙައްޖު މަހުގެ އެއްވަނަ ދުވަސް ކަމަށާއި މި އަހަރުގެ ޢީދު ދުވަހަށް ވާނީ އަންނަ ހަފުތާގެ ހުކުރު ދުވަސްކަމަށް ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފިއެވެ.

ސައުދީ ސަރުކާރުން ކުރި އިއުލާނުގައި ވަނީ، ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައި ވާކަމަށެވެ. އެހެންކަމުން މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން ޙައްޖު ދުވަހަށް ވާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ކަމަށާއި އީދު ދުވަހަށް ވާނީ އަންނަ ހަފުތާގެ ހުކުރު ދުވަސް ކަމަށް އެ އިއުލާނުގައި ވެއެވެ.

ސައުދީން މިގޮތަށް ނިންމުމާ އެކު، އިސްކާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ ރާއްޖެއިން ވެސް އަމަލު ކުރާނީ ސައުދީގެ ނިންމުމާ އެއްގޮތަށް ކަމަށެވެ.

https://www.sun.mv/206475

ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން އިއްޔެ ވަނީ ފުރަން ފަށައިފައެވެ.

ޙައްޖު ދުވަހަކީ އަންނަ މަހުގެ ފަސްވަނަ ދުވަހަށް ވާއިރު އެ ދުވަހުގެ ޚުތުބާ މައްކާގެ މަސްޖިދުއްނަމިރާގައި ދެއްވާނީ މަސްޖިދުލްޙަރަމްގެ އިމާމު ޞާލިޙު ބުން ޢަބްދުالله ޙުމައިދު ކަމަށް ސައުދީ ރަސްގެފާނު ވަނީ މީގެ ކުރިން ނިންމަވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް