އިންޑިއާގައި އިންޓަނެޓުގެ ޒަރީއާއިން ހިންގަ ސައިބް ކްރައިމްތައް ހިންގާ ފަރާތްތައް ހޯދާ ސައިބަ ކްރައިމް ހުއްޓުވުމަށް ބޮލީވުޑްގެ އެކްޓަރު އަޔުޝްމާން ކުރާނާ މުމްބާއީގެ ފުލުހުންނަށް އެހީވާން ނިންމައިފިއެވެ.
އިންޓަނެޓު މެދުވެރިކޮށް ހިންގަމުން އަންނަ ސައިބަ ކްރައިމްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ހިންގާ ހާއްސަ ކެމްޕޭނެއްގައި އަޔުޝްމާން ކުރާނާ ވަނީ ބައިވެރިވެފައެވެ. ޑިޖިޓަލް ދުނިޔެ ފުޅާވަމުން އަންނަ ވަރަކަށް ހިންގާ ސައިބް ކްރައިމްތައް އިންޑިއާގައި ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު މިއީ މިވަގުތަށް އާއްމުން ހޭލުންތެރި ކުރުވުން އެންމެ މުހިއްމު އެއް މައުޟޫއު ކަމަށް އަޔުޝްމާން ވަނީ ބުނެފައެވެ.
އިންޑިއާގެ މުމްބާއީގެ ފަރާތުން ސައިބް ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕްރޮމޯޝަނަލް ވީޑިއޯއެއްގައި ވެސް އަޔުޝްމާން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
https://www.instagram.com/accounts/login/?next=%2Fmumbaipolice%2F&source=omni_redirect
އެހެންކަމުން އަޔުޝްމާން ވެފައި ވަނީ މުމްބާއީ ޕޮލިހުން މިކަމަށް ނެރެފައިވާ މުޅިން އާ މޫނަކަށެވެ. މުމްބާއީގެ ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭ ބަޔަކަށް ވެފައި މުމްބާއީ ފުލުހުންނަށް މިކަމުގައި ދެވެންހުރި ހުރިހާ އެއްބާރުލުމެއް އަޔުޝްމާން ދޭން ތައްޔާރަށް ހުރި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އަޔުޝްމާނަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބި އާއްމުންގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ އެކްޓަރެއް ކަމުން އާއްމުންގެ ރައްކާތެރިކަމަށް އެހާ ބޭނުންތެރި ކެމްޕޭނެއްގައި ބައިވެރިވެ އެކަމަށް އެއްބާރުލުން ދޭތީ ވަރަށް ގިނަ ބަޔަކު ވަނީ އަޔުޝްމާނަށް ތައުރީފުކޮށްފައެވެ.
އަޔުޝްމާން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ބަތަލާ ރަޝްމިކާ މަންދަންނާއާ އެކު ކުޅޭ މެޑްޑޮކް ފިލްމްސްގެ އުފެއްދުމަކުންނެވެ.