ލިވަޕޫލް އެފްސީއާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުގެ ދެ ޓިކެޓު ހޯދުމަށް ފުރުސަތެއް

ލިވަޕޫލް އެފްސީއާއި ޓޮޓެންހަމް ހޮޓްސްޕާސް ބައްދަލުކުރާ މެޗުގެ ދެ ޓިކެޓު ހޯދުމަށް ފުރުސަތެއް -----

ލިވަޕޫލް އެފްސީއާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރާ މެޗުގެ ދެ ޓިކެޓު ހޯދުމުގެ ފުރުސަތެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ހުޅުވާލައިފިއެވެ.

އެމްއެމްޕީއާރުސީން ވަނީ ޓިކެޓުތައް ކާމިޔާބުކުރުމަށް ދެ މުބާރާތެއް އިއުލާންކޮށްފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ސަޕޯޓަރުންނަށް ޚާއްސަކޮށް ބާއްވާ ފުރަތަމަ މުބާރާތަކީ މައިއެލްއެފްސީ ފޭން އެޕް މެދުވެރިކޮށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާނީ، ވިޒިޓް މޯލްޑިވްސް އިންސްޓަގްރާމް ޕޭޖަށް ގޮސް، މުބާރާތަށް އެކްސެސް ހޯދައިގެންނެވެ. އެ އެކްސެސް ލިބުމުން އެ މީހަކަށް 100 ޕޮއިންޓް ލިބޭނެއެވެ.

އެ 100 ޕޮއިންޓް ލިބުމުން، މި މުބާރާތް ކާމިޔާބު ކުރާ މީހަކު ހޮވަން ނަގާ ގުރުއަތުލުމުގައި އެ މީހަކު ބައިވެރިވާނެއެވެ.

މިހާރު ފަށައިފައިވާ އެ މުބާރާތް ނިމޭނީ އަންނަ ބުރާސްފަތި ދުވަހުގެ ބީއެސްޓީ 12:00ގައެވެ.

އެމްއެމްޕީއާރުސީން ވަނީ، ދިވެހި ސަޕޯޓަރުންގެ ބައިވެރިވުން އިތުރު ކުރުމަށް "ޝޯ ޔޯ ރެޑްސް'ގެ ނަމުގައި ފޮޓޯ މުބާރާތެއް ވެސް ފަށާފައެވެ. އިއްޔެ ފެށި މި މުބާރާތް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި މުބާރާތުގައި ލިވަޕޫލްއަށް އޮތް ލޯބި ދައްކުވައިދޭ ފޮޓޯއެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓާގައި ޕޯސްޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އޭގެތެރޭގައި، ލިވަޕޫލްގެ ޖާޒީ ނުވަތަ ފޭން މޭކަޕް ނުވަތަ ފޭސް ޕެއިންޓް ނުވަތަ ދިދަ އާއި ޕޯސްޓަރު ފަދަ އެއްޗެހި ވެސް ހިމެނިދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

ދިވެހީންގެ ތެރެއިން މި މުބާރަތަށް ޝަރުތު ހަމަވާނީ ރާއްޖޭގައި އުޅޭ މީހުން އެކަންޏެވެ. އަދި، މުބާރާތުގައި ބައިވެރިވުމަށް ލިވަޕޫލްގެ އޮފިޝަލް ފޭން ޕޭޖާއި އެމްއެމްޕީއާރުސީގެ ޕޭޖު ވެސް ފޮލޯ ކުރަން ޖެހެއެވެ.

އެމްއެމްޕީއާރުސީން ބުނީ، މި މުބާރާތުގެ ނަސީބުވެރިން ހޮވާނީ އުފެއްދުންތެރިކަމާއި ފޮޓޯ ކޮލިޓީއާއި ކޮމިއުނިޓީ އެންގޭޖުމަންޓަށް ބެލުމަށް ފަހުގައި ކަމަށެވެ.

comment ކޮމެންޓް