ޒަކާތު ފަންޑުގެ ފަރާތުން، ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވޭ 50 ސްކޮލާޝިޕްގެ ފުރުސަތު

ޒަކާތު ހައުސްއިން ސްކޮލާޝިޕް ފުރުސަތު ހުޅުވާލުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ދިވެހި ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް، ރާއްޖޭގެ ޒަކާތު ފަންޑުން ސްކޮލާޝިޕްގެ 50 ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ސްކޮލަޝިޕަށް ހުޅުވާލައިފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލި ފުރުސަތުތަކެއް ކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ސްކޮލާޝިޕްގެ 50 ފުރުސަތުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމުގެ 20 ފުރުސަތާއި ރާއްޖެއިން ބޭރުން ކިޔެވުމުގެ 30 ފުރުސަތެވެ. ރާއްޖޭން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލާޝިޕްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި ފުރުސަތުތަކުގެ ތެރޭގައި ރާއްޖޭން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަކަށެވެ.

ޒަކާތު ހައުސްއިން ސްކޮލާޝިޕް ފުރުސަތު ހުޅުވާލުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި ކިޔަވަން ސްކޮލާޝިޕް ދެވޭ ދާއިރާތައް:

  • ​މާސްޓާ އޮފް އާޓްސް އިން ޤުރުއާނިކް ސައިންސެސް: ހަ ފުރުސަތު
  • ​މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން: ތިން ފުރުސަތު
  • ​އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް: ފަސް ފުރުސަތު
  • ​މާސްޓާ އޮފް އާޓްސް އިން ޝަރީއާ: ތިން ފުރުސަތު
  • މާސްޓާ އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް: ތިން ފުރުސަތު

ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލެވިފައިވަނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުންނެވެ.

މެލޭޝިއާ އަދި ބުރުނާއީން ހުޅުވަލާފައި ވަނީ 17 ފުރުސަތެވެ. އޭގެތެރޭގައި ޑިގްރީގެ ދެ ފުރުސަތު، މާސްޓާސްގެ ހަ ފުރުސަތު އަދި ޕީއެޗްޑީގެ ނުވަ ފުރުސަތު ހިމެނެއެވެ. މި ސްކޮލާޝިޕްގެ ދަށުން މެލޭޝިއާ އަދި ބްރުނާއީން ކިޔެވުމުގެ ފުރުސަތު ލިބޭ ޔުނިވާސިޓީތަކަކީ:

  • އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ
  • ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ
  • އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް
  • ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމް

މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތައް:

  • ​ބެޗެލާސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް: ދެ ފުރުސަތު
  • ​މާސްޓާ އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް/މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް: ދެ ފުރުސަތު
  • ​މާސްޓާ އޮފް އެޑިއުކޭޝަން އިން ޓީޗިންގ އޮފް އިސްލާމިކް އެޑިއުކޭޝަން: އެއް ފުރުސަތު
  • ​މާސްޓާ އޮފް ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް: އެއް ފުރުސަތު
  • މާސްޓާ އޮފް އިސްލާމިކް ސައިންސް: އެއް ފުރުސަތު
  • ޑޮކްޓާ އޮފް ފިލޯސޮފީ އިން ޝަރީޢާ އެންޑް ޖުޑިޝަރީ: އެއް ފުރުސަތު
  • ​ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް: އެއް ފުރުސަތު
  • ​ޑޮކްޓާ އޮފް ފިލޯސޮފީ ދަޢުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް: އެއް ފުރުސަތު
  • ​ޑޮކްޓާ އޮފް ފިލޯސޮފީ އިން ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް: އެއް ފުރުސަތު
  • ​ޑޮކްޓާ އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް: ދެ ފުރުސަތު
  • ​ޑޮކްޓާ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ: ދެ ފުރުސަތު
  • މާސްޓާސް އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް: އެއް ފުރުސަތު
  • ​ޕީއެޗްޑީ: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް: އެއް ފުރުސަތު

މީގެ އިތުރުން 13 ޚާއްސަ ސްކޮލާޝިޕްގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބޭ ޔުނވާސިޓީތަކުގެ ތެރޭގައި:

  • މިޞްރުގެ އަލް އަޒްހަރު ޔުނިވާސިޓީ
  • ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވާސިޓީ
  • ޤަސީމް ޔުނިވާސިޓީ
  • އުއްމުލްޤުރާ ޔުނިވާސިޓީ
  • އަބްހާ ޔުނިވާސިޓީ
  • ކިންގް އަބްދުލްޢަޒީޒް ޔުނިވާސިޓީ

ޒަކާތު ފަންޑުން ދޭ ސްކޮލާޝިޕްގެ ދަށުން، އެ ދަރިވަރަކު ތަޢުލީމު ހާސިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް