ބާބިލްގެ 'ލޮގް އައުޓް' މި މަހުގެ 18ގައި

އިންޑިއާގެ ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާންގެ ފިލްމު "ލޮގް އައުޓް" މި މަހުގެ 18ގައި ޒީ5އިން ޕްރީމިއާ ކުރާނެކަން އިއުލާނުކޮށްފިއެވެ.

ފިލްމުގެ ޓްރެއިލާ ވެސް މިހާރު އާއްމުކޮށްފައިވާއިރު ބާބިލް މި ފިލްމުގައި ކުޅެފައިވަނީ ޑިޖިޓަލް ކޮންޓެންޓް އުފައްދާ (ސޯޝަލް މީޑިއާ އިންފްލުއެންސާ) މީހެއްގެ ރޯލެވެ.

ފިލްމުގައި ބާބިލް ކުޅެފައިވާ ޕްރަތްޔުޝް ނަމަކަށް ކިޔާ ކެރެކްޓާއަކީ ފޯނައިނުލާ އެއްވެސް ކަމެއް ނުކުރެވޭ ފޯނަށް ދެވިހިފާފައިވާ މީހެކެވެ. ޕްރަތްޔުޝްގެ ފޭނަކު އޭނާގެ ފޯނު ހެކުކޮށް އޭނާގެ ޒާތީ ދިރިއުޅުމުގެ ގިނަ ސިއްރުތަކެއް ހޯދުމަށް ފަހު ދިރިއުޅުމުގެ ކޮންޓްރޯލް އަތުލުމުން ކުރިމަތިވާ ހަޔާތަށް އަންނަ އަނދިރިކަމުން އަލިކަން ހޯދަން ކުރާ މަސައްކަތް މި ފިލްމުން ފެންނާނެއެވެ.

ފިލްމު "ގާލާ"ގެ މަންޒަރެއްގައި ބާބިލް އަދި ބަތަލާ ތުރިޕްތީ--ފޮޓޯ/އިންޑިއާޓިވީ

ފިލްމުގެ ޑައިރެކްޓަރު އަމިތު ގޮލާނީ "ލޮގް އައުޓް"އާ ބެހޭގޮތުން ބުނެފައިވަނީ، މި ފިލްމު އުފެއްދުމަކީ އުންމީދު ވެސް ނުކުރާ ކަހަލަ ތަޖުރިބާތަކެއް ކުރެވުނު ފިލްމެއް ކަމަށެވެ.

ޑިޖިޓަލް ދުނިޔެއަށް ގިނަ ބަޔަކު ދެވިހިފާފައިވުމުގެ ސަބަބުން އެ މީހުންނަކީ އެ ދުނިޔޭގެ އަޅުންކަމާއި އޭގެ ހަގީގަތް މި ފިލްމު މެދުވެރިކޮށް ބެލުންތެރިންނަށް އެނގޭނެ ކަމަށް ޑައިރެކްޓަރު އަމިތު ގޮލާނީ ވަނީ ބުނެފައެވެ.

ފިލްމު "ލޮގް އައުޓަކީ" ބާބިލް ޚާންގެ ކެރިއަރުގެ ތިންވަނަ ފިލްމެވެ. ބާބިލްގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ 2002ވަނަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ފިލްމު "ގާލާ"އެވެ. ބާބިލާ އެކު މި ފިލްމުގައި ބަތަލާގެ ރޯލް ކުޅުނީ ތުރިޕްތީ ދިމްރީއެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން ބާބިލްގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމަކީ ކުރީގެ އެކްޓަރު ގޯވިންދާގެ ދަރިފުޅު ޔާޝްވަރުދަން އަހޫޖާ ބޮލީވުޑަށް ނެރޭ ފިލްމެވެ. މި ފިލްމު މިއަހަރުތެރޭ ރިލީޒްކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް