ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލުންދާތީ ދެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑުކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ، އެ މީހުން ސަސްޕެންޑުކުރީ އެ އޮފީހުގެ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލަ ބަލައި ނިމެންދެން ކަމަށެވެ.
އެ މައްސަލައިގައި ކުރެވެނީ ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތު ކަމަށްވާއިރު، އެއީ އެ އޮފީހުން ގަބޫލުކޮށް ހިފަހައްޓަމުންދާ އަޚުލާގީ މިންގަނޑާ ޚިލާފު މައްސަލައެއް ކަމަށް ޕީޖީން ބުނެފައިވެއެވެ.
އެ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، އެ އޮފީހުން ގަބޫލުކޮށް ހިފަހައްޓަމުންދާ އަހުލާގީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑުކުރި ކަމަށް ޕީޖީން ބުނެފައިވީ ނަމަވެސް، މިހާތަނަށް އެމީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
ޕީޖީގެ އިތުރުން ފުލުހުން ވެސް އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.