ގިނަ އަދަދެއްގެ ދިވެހީން އިންވެސްޓުކުރަމުން ދާ "ޖީއެމްސީއީ" ޓްރޭޑިންއަކީ, ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުއްދަ ނެތި ހިންގަމުން ދާ ސްކީމެއް ކަމަށް އެ އޮތޯރިޓީއިން މިއަދު ބުނެފިއެވެ.
މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.
ޖީއެމްސީއީ, ސްކީމް ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ވަރަށް ގިނަ ދިވެހީން ދަނީ މި ސްކީމަށް އިންވެސްޓުކުރަމުންނެވެ. އެ ސްކީމަށް މީހުން ފައިސާ ލުމުން, ފައިދާގެ ނަމުގައި ފައިސާ ދެމުން ދާ ކަމަށް ވެއެވެ.
އެނގިފައިވާ ގޮތުގައި އެއީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު އިސްވެ ހިންގާ ސްކީމެކެވެ.
"ފުރަތަމަ ދުވާލަކަށް ޑޮލަރެއްގެ ރޭޓުން ޖެހެމުން އައިސް މިހާރު ދުވާލަކަށް 3 ޑޮލަރު ވަރު އެބަ ލިބޭ. މިއީ އަދި ވަރަށް ކުޑަ އެއްޗެއް އިންވެސްޓުކޮށްގެން. އަދި ފެށިތާ ނުވާނެ މަހެއް ވެސް. އެކަމަކު ދުވާލަކަށް 500 އަށްވުރެ ގިނަ ޑޮލަރު ލިބޭ ރައްޓެހިން ވެސް އެބައުޅޭ،" އެ ސްކީމަށް އިންވެސްޓުކޮށްގެން އުޅޭ މީހަކު 'ސަން' އަށް ކިޔައިދިނެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް މީހުން އަންނަނީ މިއީ ނާޖާއިޒު ގޮތުގައި މީހުންގެ އަތުން ފައިސާ އަތުލުމަށް އަނެއްކާވެސް ހިންގަން ފަށާފައިވާ ސްކޭމެއް ކަމަށް ބުނަމުންނެވެ. އެގޮތުން މިހާރު އެ ސްކީމުން ފައިދާވި ނަމަވެސް ވަކި ހިސާބަކުން އެއިން ގެއްލުންވާނެ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
އުސޫލު ބުނާގޮތުން އެފަދަ ސްކީމެއް ރާއްޖޭގައި ހިންގޭނީ ސީއެމްޑީއޭގެ ހުއްދައާ އެކުއެވެ.
މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ސީއެމްޑީއޭއިން ބުނީ ޖީއެމްސީއީ ސްކީމް ހިންގަނީ އެ އޮތޯރިޓީގެ ހުއްދަ ނެތި ކަމަށެވެ. އަދި އެކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ވެސް މިފަދަ ސްކީމެއް ހިންގި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފައެވެ.
މި މައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާއި ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
އެމްއެމްއޭއިން އޭރު ބުނީ މިފަދަ ސްކީމްތައް ހިންގަނީ އެ ސްކީމްތަކާ އިތުރު މީހުން ގުޅި، ފައިސާ ލަމުންދާތީ ކަމަށެވެ. އަދި އެ ފައިސާ ބޭނުން ކުރަނީ ސްކީމް ހިންގާ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމަށެވެ. އެހެންކަމުން، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މިފަދަ ސްކީމް ހިންގަނީ ކިހިނެއް?
ޕޮންޒީ ސްކީމްތަކަށް، އެ ނަން ދެވުނީ 1920ގެ އަހަރުތަކުގައި އެމެރިކާގެ އެތައް އިންވެސްޓަރުންނަކަށް އޮޅުވާލައިގެން އެތައް މިލިޔަން ޑޮލަރެއް ހޯދި މީހެއް ކަމަށްވާ ޗާލްސް ޕޮންޒީއަށް ނިސްބަތްކޮށެވެ.
އިންވެސްޓަރުންނަށް އާދަޔާ ޚިލާފު ބޮޑެތި އަދަދުތަކުން ފައިދާވާ އެފަދަ ސްކީމްތަކުގައި ކުރާ ކަމަކީ ފަހުން އިންވެސްޓްކުރި މީހުންގެ ފައިސާއިން ބައެއް ކުރިން އިންވެސްޓްކުރި މީހުންނަށް ދިނުމެވެ. އެގޮތުން އެންމެ ބޮޑު އަދަދެއް އަބަދުވެސް ނަގާނީ އެކަން ފެށި މީހާއެވެ. ޗާލްސް ޕޮންޒީ ހިންގި ޖަރީމާގައި އޭނާއެވެ.
ފުރަތަމަ އިންވެސްޓް ކުރާ މީހުންނަށް ބޮޑެތި އަދަދުތަކުން ފުރަތަމަ ޕޭމަންޓު ލިބުމުން، ދެން އެއަށް އިންވެސްޓް ކުރަނީ ފުރަތަމަ އިންވެސްޓް ކުރި މީހުން ކައިރިން އެ ވާހަކަ އަޑުއަހާ، އެކަން ދެނެގެން އަންނަ މީހުންނެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދަނީ އެގޮތަށެވެ. ކުރިން އިންވެސްޓް ކުރި މީހުންނަށް ފައިސާ ދެނީ ފަހުން އަންނަ މީހުން އަތުން ނަގާ ފައިސާއިންނެވެ.
އެ ސްކީމްތައް އަތަށް ގޮވަނީ ބޭނުންވާ ވަރަށް އިންވެސްޓަރުން ނުލިބޭ ހިސާބުންނެވެ. އެ ހިސާބުން އިންވެސްޓަރުންނަށް ދޭނެ ޕޭމަންޓެއް ނެތި، މައްސަލަ ޖެހެނީއެވެ.
ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ އެޑްރެސް ކުރާނެ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބަ އޮތެވެ. ނަމަވެސް މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ.
comment ހެޔޮއެދޭ މީހާ
6 day 7 hour ago
https://gemcue-d.com/?code=wgw845245
comment ސަން އެމްވީ
7 day 14 hour ago
ހުއްދަ ނަގަންޖެހޭތަ ޕޮންޒީ އަކަށް؟
comment މަލްހާން
1 week 21 hour ago
ކޮމެންޓުކޮއްފަހުރީ ވަރަށް ކުޅަދާނަ ތިޔަ ކުންފުނީގެ ޓީމެއް. ހީކުރަން ރައްޔިތުންނަށް މިމީހުންގެ ހަގީގަތް އެނގިދާނެތީ ބިރުން ތިބިވަރު ފެނިއްޖެކަމަށް
comment އަހަރެން
1 week 23 hour ago
ވެރިކަމަށް އަހަރެމެން މިގެންނަމީހުން ނަކީވެސް ސްކޭމް އެއް.. އެމީހުން އަހަރެމެންގެ ރައްރަށަށް ވައުދުތަށް ވެ. އެކަން ކޮއްދޭނެކަމުގެ އުންމީދުގަ އަހަރެމެން އެމީހުންނަށް ވޯޓް ދެނީވެސް . މަޖިލިސްމެންމަރުންނާއި ގައުމުގެ ވެރިންނަށް.. އެކަމަކު އެ މީހުންގެ ދައުރު ނިމިގެން ދާއިރުވެސް ބުނާކަމެއް ކޮއްނުދެވޭ އެމީހުން އަރާމުގަ އުޅެފަ އެދަނީ އުމުރު ދުވަހަށް އަހަރެމެންގެ ފައިސާއިން ޕެންޝަން ނަގަމުން .. މި ނުވޭތަ އަޅެ ސްކޭމްއަކަށް ..
reply އޮއިވާލި
1 week 14 hour ago
މީ ހަމަ ދުވާލު މެންދުރުހެން hingaa ސްކޭމްއެށް
comment ޔޫއެސްޑީޓީ
1 week 1 day ago
ޝާހިނާ ޝަރީފް ކޭ ވެސް ވަދޭ ތިހެން ލިބޭ ކުޑަ އެތިކޮޅަކުން ނުވެގެން ތި ޖެލަސް ވަނީ
comment ހެޕީ ޖީއެމްސީ
1 week 1 day ago
އަހަރެމެން އިންވެސްޓް ކުރި އެއްޗެއް ނަގައިގެން ބޭނުންކޮށް ގުޔަށް ވެސް ބޭރު ކޮށްފީމެވެ. މިހާރު އިންވެސްޓް ކޮށްގެން ގުރޯ ކޮށް ފައިދާ ނަގަމުން ޕްރޮފިޓް ހަދަމު މިދަނީ ލިބުން ޕްރޮފިޓްއިންނެވެ. އެހެންކަމުން ފަހުން ބަޔަކު ލާރިގަނޑު ކާދިރުވާލިޔަސް ބޯލިޔަސް ހިތަށް ކުރާނެ އަސަރެއް ނެތެވެ. އަސަރު ކޮށްގެން ތިއުޅެނީ މި ހަބަރު ލިޔަން، ކަމަނާ ބޮލަށް ޗިޕްޖެހި މީހުންނާއި އަދި ކަމަނަގެ ހިތަށެވެ. އެހެންކަމުން އަހަރެންގެ ނަސޭހަތަކީ މިކަހަލަ ވާނުވާ ބުރާންތިންގެ އަމިއްލަ ފައިދާއަށް ލިޔާ ހަބަރު ތަކުގައި ރައްޔިތުން ނުޖެހި، ( ވެހޭތާ ފެން ނަގާށޭ ، ނެނގީމާ އޭރުން ފަހުން ނަފާ ވާނޭ.) މި ދިވެހިރާއްޖޭން އެކަނިވެސް މި ޕްލެޓްފޯމް އިން ފައިދާ ނަގަމުންދާ 7000 އަށް ވުރެން ގިނަ ރައްޔިތުން އެބައުޅޭ، އޭގެތެރޭގައި ދުވާލަކު 500 ޑޮލަރުން މަތިން ފައިދާ ހޯދާ މީހުންވެސް އެބަތިއްބެވެ. ދުވަހަކު ވެސް ގެއްލުމެއް ވެގެން ޝަކުވާއެއް ކުރި މީހަކު މިހާތަނަށް ނެތެވެ. ދެން
reply ވާނުވާ
1 week 11 hour ago
7،000މީހުން، މީހަކަށް ދުވާލަކު 500ޑޮލަރު ލިބޭނަމަ، ފައިދާގެ ގޮތުގައި ދުވާލަކަށް އެބަހަނީ 3،500،000 (3.5މިލިއަން ޑޮލަރު) (56،000،000ރުފިޔާ) މިއަދަދު ތަކަށް ބަލައިލީމަ އެބައެގޭ މިއީ އިންޕޮސިބަލް ކަމެއްކަން. ދެން ހަގީގަތުގައި މިކަން ހިނގަމުންދާ ގޮތް ބަލާއިރު، ޕްލެޓްފޯމުގައި ތިބިކަމަށް ބުނާ 7،000 މީހުން ކޮންމެ މީހެއްގެއަތުން 10ޑޮލަރު ދުވާލަކު ނެގިއަސް ދުވާލަކަށް އެއލިބެނީ 70،000ޑޮލަރު، އޭގެތެރެއިން 100މީހުނަށް 500ޑޮލަރު ދުވާލަކަށް ދިންނަމަވެސް އެއީ 50،000ޑޮލަރު، 7،000މީހުންގެ ތެރެއިން މަށަށް 500ޑޮލަރު ލިބިއްޖެއޭ ކިއާފަ 100މީހުން ހަޅޭލަވާއިރު، ކޮންމެ ދުވަހަކަށް 6،900 މީހުނަށް ގެއްލުންވަމުން ދާވާކަން އެއީ ހަގީގަތް. އަދި ދުވާލަކަށް ލިބޭ 70ހާސް ޑޮލަރުގެ ތެރެއިން 50ހާސް ޑޮލަރު ސްކޭމް ހިންގަން އެހީތެރިވަމުންދާ ރައްޓެހި 100މީހުނަށް ދީފަ، ސްކޭމް ހިންގާފަރާތުން ދުވާލަކަށް 20،000ޑޮލަރު ކަސްޓަމަރުން އަތުން އެބަކައްވާލާ.
comment ޖީއެމްސީ ލަވާރސް
1 week 1 day ago
ޕެންޝަން ސްކީމްގެ ނަމުގައި ސަރުކާރުން ހިންގާ "ޕޮންޒީ ސްކީމް" ގެ ވާހަކަވެސް ތިގޮތަށް ލިޔެލަދެއްވާ. މަރުބައްޔެއްޖެހިގެންދާއިރުވެސް އޭގެން ކުރެވޭ އެއްވެސް ހަރަދެއްނެތް. ދެން ވަކިން އެއަށްވުރެ ބޮޑު ޕޮންޒީ ސްކީމް ކޮބާ؟ ޖީއެމްސީ އަށް އިންވެސްޓް މިކުރަނީ ލޮލުންބޮލުން ރުހި ގަބޫލުވެގެން. އެކަމަކު މިހާރުވެސް %95 ބޮޑުވާނެ ޕެންޝަން ސްކީމް އަށް މުސާރައިން އެކަނޑާ ވަރު ކަނޑަށް ގަބޫލުނޫންމީހުން.
comment ފިޝަރމޭން
1 week 1 day ago
ބޭކާރު އަނގަ ނުތަޅާ. ހުއްޓުވާ ވާހަކައެއް އެއްވެސް މީހަކު ނުބުނޭ. ބުނީ ރަޖިސްޓްރީ ނުކޮށް ހިންގާތީ މައްސަލަ ބަލަނިއްޔޭ. ރަޖިސްޓްރީކޮށްލާ އޭރުން ނިމުނީ. ޖީއެމްސީއީ ސްކީމުން ފައިދާ ލިބޭ ކުދިންނަށް މަރުހަބާ!
reply ހަވާސައީދު
1 week 13 hour ago
މީކީ ދިވެހިން ހިންގާއެއްޗެއް ނޫން. ބޭރުބަޔަކު ކުރާކަމެއް. ދެން އެމީހުން ޖެހޭތަ ކ.މާލޭގައި ރެޖިސްޓްރީކުރަން.
comment އަލީ އަސްރަފް
1 week 1 day ago
ސަރުކާރު މަތީފަޑީގަ ކަމެއްނެތިފަތިބި މީހުންވެސް އާދެބަލަ މީގެ ތެރެއަށް ވަދެލަން ލާރި ލިބޭނެ ބޯކޮށް . މީގެތެރެއިށް ވަދެފަ ރައީސް މީހާ ކައިރީ ބުނެލާތި ހޯހޯއޭ ދެން މިކަން ނުހުއްޓުވޭނޭ
comment އަޖުމާނު
1 week 1 day ago
ދިވެހިންނަކީ ތަންދޮރު ދަންނަ ބަޔެއް. ގޮތް ގޮތް ހޯދާނެ. ދެންވެސް ބައިނޭންސުން ޑޮލަރު ދިވެހިނ ބޭންކު ކާދުތަކުން ކެނޑޭގޮތަ ހަދާބަލަ. އޭރުން އޭގެން ތްރޭޑްކޮށްގެން ނަފާ ހޯދާނެތާ. އަހަރެން ރައްޓެހިނވެސ މިހާރު އިންވެސްޓކޮށްދެނީ..އެމީހުންނަށް ލިބުނު އުފަލުގައި އެހެން މީހުން ބައިވެރިކުރަންވެގެން
comment މުޖުޅޭ
1 week 1 day ago
ދުނިޔޭގެ ކުރިޕްޓޯ ބަހާރުގަ އހަރުމެންނަށް ބޭންކް ކާޑަކުން ބައިނޭންސުން ނުކެނޑޭ..އެކަމު އޮރިޔާ އެބްސައިޓުތަކުނ ލާރި ކެނޑޭ. ދިވެހިން ދިވެހި ބޭންކް ނޫން ގޮތެއް މިފަހަރު ހޯދާނެ. ކޮންމެ ދިވެހި ޖީބަކަށް މިފަހަރު ޔޫއެސްޑީޓީ ވަންނާނެ އިންޝާﷲ
comment ތުރާޔާ
1 week 1 day ago
މިހާތަނަށް އެއްވެސް މީހަކަށް ޖީއެމްސީއާއި އިދިކޮޅަށް ސައްހަ އެއްވެސް މައުލޫމާތެއް ގެނެވިފައި ނުވާއިރު މިއިން ދިވެހިރާއްޖޭގެ އެރަށް ބަޔަކު މަންފާ ނަގައި ހާޖަމު ނުވާ ބަޔަކު އުޅެނީ ކީއްބާ؟ ދީނީގޮތުން ވިޔަސް ސައްހަ މައުލޫމާތެއް ގެނެސްދެވިފައެއް ނުވޭ މީގެ ސައްހަ ޖޫން ކަމަކަށް. ދީނީގޮތުން ބަލާއިރު ބަހެއް ބުނެފައިވާ މީހުން ބުނެފައި ވަނީ މިޔަށް ޝައްކު އުފައްދަން އެކާމާކު އެއްވެސް ސާބިތު ކަމެއް ނެތް ވާހަކަތަކެއް. މައުލޫމާތު ސާފުކުރަން ބޭނުމިއްޔާ ސާފުކޮއްދެވިދާނެ އެކަމު ދީނީ ނަޒަރަކުން ބަލާއިރު ސާބިތު ކަމެއް ނުވާ ވާހަކަ ދެއްކުމަކީ ކޮން ކަހަަލަ ކަމެއްބާ؟ ސާބިތު ކުރެވޭ ވަރު ވާހަކައެއް ވިއްޔަ މިއާދު ވެސް ހުއްޓާލަނީ މިތިބީ ތައްޔާރަށް. (އަޅުގަނޑާއި އެކު ވާ ވިއްސަކަށް މީހުން) ފައިނޭންސް އަކީ މ ސީއެމްޑީއޭ ގައި ރެޖިސްޓަރ ކޮއްފައި ވާ ޕްލެޓްފޯމް އެއްބާ؟
comment އަލީ ޗޫސެން
1 week 1 day ago
ބޭރު ސައިޓުތަކަށް laari ފޮނުވާކަށް ދައުލަތުގެ އެއްވެސް މަހުކަމާއަކުން ނުޖެހޭނެ ހުއްދަނަގާކަށް.
comment ސަހޭ މޭޑް
1 week 1 day ago
ޖީއެމްސީއީ ލެޖިޓް ނަމަ ނުހުއްޓުވޭނެ. ނުހުއްޓާނެ. ސަރުކާރުން މި ހުއްޓުވުމަށް ހަދާނެ އެއްޗެއް ނޯންނާނެ. ޓައިމް ވިލް ޓެލް އެވްރީތިން އެބައުޓް ޖީއެމްސީއީ. ނޭންގޭ މީހުނަށް ރައްދު ދޭނެ ކަމެއް ނެތް.. މަގޭ ސްޓޭންޑް ވަރަށް ސާފް. ޖީއެމްސީއީ ނުހުއްޓުވޭނެ. ޗިލް ބުރޯސް.
reply ކަނަކް
1 week 1 day ago
ނުހުއްޓުވޭނެ ސަރުކާރަކަށްވެސް ކިޔާ ގަދަ ބަސް ބުނެފަ ސްކޭ މަރުން ލާރިކޮޅުކާލާ ލަނޑުދިނީމަ ދުވާނީ ސަރުކާރުގެ މުއައްސަސާ ތަކަށް ވަރަށް ތާހިރުވާނެ މީގެ ކުރިންވެސް ވެފަ ހުރީ އެހެން.
comment ރަސީ
1 week 1 day ago
މެޕީ ސަޓޯ ގެ މަގުބޫލުކަން ދަށަށް ގޮސް ރައްޔިތުން ބަލައިނުގަތީމަ މޭކަރައިގެން ތިއުޅެނީ ސަހޭ މެޑް ގެ އަގު ވައްޓަާލަން ދޯ
comment ޖީއެމްސީ
1 week 1 day ago
މައުލޫމާތު އެނގިގެން ހަބަރު ލިޔޭ
comment މޮޅުމީހާ
1 week 1 day ago
ކަނބުލޮ ޞާނިހާ ރައްޔިތުންނަށް ހެޔޮއެދިގެން މޮޅެތި ހަބަރު ލިޔަންޔާ ޖުވާގެ ވާހަކަ ލިޔެބަލަ. އެތަށް އަހަރެއް ވަނީ ދިވެހިން ހަލާކުވެގެން ދާތާ…
reply ީެުއހބޒނސޖ
1 week 1 day ago
އެތަށް އިންނާނީ ށ ސުކުނެއްތަ ؟ މިވަރު ނޭނގޭ ގަމާރުން މިއުޅެނީ
comment މިލިއަނާރސް
1 week 1 day ago
މިސާލަކައް ހުއްޓުވަން އުޅެނިއްޔޯ! އެކަން ކުރާނެ ގޮތެއް ބުނެބަލަ. ޕޯންސައިޓު ނުހުއްޓުނުބަޔެއް ނިކުމެ އަނެއްކާ އަނެއް މޮޅުވާހަކަ ދައްކަނީ!
comment މެޕީ ހަޖަމް ނުވާ ސަޓޯ
1 week 1 day ago
ކިތަންމެ މޭކެރިޔަސް ސަހޭ މެޑު އަތުގަ ހޮޅުދޫ ދާއިރާ 2028 ގެ ފުލް ކޮންޓުރޯލް އޮތީ. ސަހޭ މެޑް 2028
comment މުޖޭ
1 week 1 day ago
ކިހިނެއް ކޮން ގޮތަކަށްތޯ މައްސަލަ ބަލަން ތިއުޅެނީ؟ މީގެން ބަޔަކަށް ގެއްލުމެއް ވެގެން، ވިޑްރޯ ނުކުރެވިގެން އުޅޭ އަޑެއް އަދި ނާހަން. އެކަހަލަ އަޑެއް އިވުނު މީހަކު އެބަހުރިތޯ؟ ބިރުން އުޅެގެން ނުވާނެ، ލާރި ގޮސްގެން ލާރި ލިބޭނީ. ޖީއެމްސީ އިން ދިވެހިންނަށް ފައިދާ ވާތީ ބަޔަކު މޭކަރަނީ
comment ޙަޖަމް
1 week 1 day ago
ޙަމަ އެެއްޗެކޭ ކިޔައިގެން ބަޔަކަށް ފައިސާ ފޮއްޗެއް ލިބޭތީ ހަޖަމުނުވީ
comment ގޮރުނޮދޯރު
1 week 1 day ago
އަހަރުމެން އެޔަށް ވަދެގެން މިއުޅެނީ ގެއްލުނަސް ހެޔޮކަމަށް.
reply ޖާދޫގެ އޭތި
1 week 24 hour ago
މަށަށް ހީވަނީ ފުލުސް އޮފީހާށް މަގޭ ލާރިކޮޅު ހޯދަން ފުރަތަމަ ދާނީ މިސޮރުހެން
reply އައްޔައައްޔަ
1 week 1 day ago
ސަރުކާރުން ނުކުމެ މާތާހިރު ވާނެ ޕީއެސް އެމް އެޕް ހުއްޓުވީއާ މިހާރު ޖުވާކުޅޭ އެޕެއް އެއީ ޕްރޮގުރާމްގައި ބައިވެރިވާން އެޕްއަޅާށޭ ކިޔަނީ އެއަށް ފަހު ފައިސާ އަޅައިގެން ޕްރޮގުރާމް ތަކުގަ ބައިވެރިވަނީ
reply ޓެރޯ
1 week 1 day ago
މީގެ ކުރިންވެސް ސަރުކާރުގެ އިދާރާތަކައް ދުވި ބަޔަކު އެބަތިބި ލިބުނު އިންސަފެއްނެތް. ބީއެމްއެލް އިން ހިންގާ ސުކޭމްތެއް ދިވެހިންޖެހި އަވަދިވެއްވަ ވަނީ ލިބުނު އިންސާފެއް ނެތް. https://gemcue-d.com/?code=eac818878 އަވަހައް ލޮގިންވޭ
reply އަލީ
1 week 1 day ago
ތިޔަގޮތައް ވަދެގެން އުޅޭ ނަމަ އޯކޭ، އަސްލު ތިޔަކީ ހަމަ ޕިރަމިޑް ސްކީމްއެއް
reply އިންތި
1 week 1 day ago
ގެއްލުންވިޔަސް ހެޔޮކަމަށް. ގެއްލުންވީމާ ރޮއިގަނެފައި ދުއްވައި ގަންނަނީ ސަރުކާރުގެ އިދާރާތައް ފަހަތުން، އެދުވަހުން ކުއްވެރި ވެފައި އޮނާނީ ދައުލަތާއި އިދާރާތައް. އެދުވަހުން “ގެއްލުން ވިޔަސް ހެޔޮ” މިކަމެއް ނުހުންނާނެ ހަނދާނެއް
comment ބީސީއެން
1 week 1 day ago
ކްރިޕްޓޯ މާކެޓް ނުހިފޭއްޓޭނެ. ސޮރީ މޯލްޑިވްސް.
reply ޒަމީރު
6 day 7 hour ago
ލިންކު އެންމެ ފަހުން ލިބިއްޖެ! https://gemcue-d.com/?code=wgw845245
reply ބީސީއެން އައްޕަ
1 week 1 day ago
ކުރިޕްޓޯ އެކޮއެ އޮއްސިޔަސް ދުޅަވިޔަސް އޯކޭ އެކަމު ސުކީމު ނުޖައްސަ ބަލަ. އެޅިއަތަކައް މަރޭ ދީ.
reply ޕޮންޒީ
1 week 1 day ago
އެއީ އަދި ކްރިޕްޓޯއެއްނޫން.