Dhiraagu

ބްރެންޓްފަޑް ކައިރީ އާސެނަލަށް ގަދައެއް ނުހެދުނު

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ބްރެންޓްފަޑާ އެއްވަރުވެ، ލީގަށް ކުރާ ވާދައިގައި އިތުރު ފިޔަވަޅެއް ފަހަތަށް އަޅައިފިއެވެ.

ADK GENERAl

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ.

އާސެނަލުން ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ބްރެންޓްފަޑްގެ ޑިފެންސް ފޫއަޅުވައިލުންވީ އުނދަގޫ ކަމަކަށެވެ. މެޗަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ނެރެފައިވަނީ އެންމެ ފަހުން ޗެމްޕިއަންސް ލިގުގައި 3-0 އިން ރެއާލް މެޑްރިކް ބަލިކުރި މެޗުގައި ނެރުނު ފުރަތަމަ 11 އަށް ފަސް ބަދަލެއް ގެނެސްގެންނެވެ.

ގޯލަށް އަމާޒުކޮށް މެޗުގައި ފުރަތަމަ ހަމަލާއެއް އުފެއްދީ 20 ވަނަ މިނެޓުގައި ބްރެންޓްފަޑުންނެވެ.

ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އާސެނަލުންނެވެ. އެއީ، 61 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ތޯމަސް ޕާޓޭ ޖަހައިދިން ލަނޑެކެވެ. ބްރެންޓްފަޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައި ޔޮއާން ވީސާއެވެ.

އެއްވަރުވުމުން އާސެނަލުން ގެންގުޅޭ ލީގު ކާމިޔާބުކުރުމުގެ ކުޑަ އުންމީދު މިވަނީ އިތުރަށް ފަނޑުވެފައެވެ. އެ ޓީމު މިހާރު ދެވަނައިގައި އޮތީ 63 ޕޮއިންޓާ އެކުއެވެ. އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު 10 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. މިހާރު ލިވަޕޫލަށް ބާކީ ހަތް މެޗު އޮތްއިރު ލީގު ކާމިޔާބުކުރަން އެ ޓީމަށް މިހާރު ބޭނުންވަނީ ނުވަ ޕޮއިންޓެވެ.

މެޗުން ލިބުނު ޕޮއިންޓާ އެކު ބްރެންޓްފަޑް އޮތީ 43 ޕޮއިންޓާ އެކު 11 ވަނައިގައެވެ.

Redstar
comment ކޮމެންޓް