Ooredoo
Dhiraagu

ޖާންވީގެ އެކުވެރިޔާ ހަދިޔާއަކަށް ދިނީ ލަމްބޯގިނީއެއް

ބަތަލާ ޖާންވީ ކަޕޫރު އަދި ރަހްމަތްތެރިތާ އަނަނިޔާ ބިރްލާ -- ފޮޓޯ/ޓައިމްސްނައު

ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރުގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ފަރާތުން ހަދިޔާއަކަށް އަގުބޮޑު ލަމްބޯގިނީ ކާރެއް ލިބިއްޖެއެވެ.

Redstar

ޖާންވީ ދިރިއުޅޭ ގެއަށް ދަނބުކުލައިގެ މި ލަމްބޯގިނީ ގެންގޮސްފައިވަނީ ކާރަށްވުރެ ހައިބަތު ބޮޑު ޕާރުސަލަކާ އެކީގައެވެ. މި މަންޒަރު އިންޑިއާގެ މީޑިއާތަކަށް ފެނި ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ކާރަށް ލިބިފައެވެ.

އެންމެ ފުރަތަމަ ގިނަ ބަޔަކު އުންމީދުކުރީ މިއީ ޖާންވީއަށް ކޮންމެ ވެސް ކުންފުންޏަކުން އިޝްތިހާރެއް ކުޅުމަށް ލިބުނު ފުރުސަތެއް ކަމަށާއި އެ އިޝްތިހާރުގެ ޝޫޓިންގް މަސައްކަތުގެ ބައެއް ކަމަށެވެ.

ނަމަވެސް، ފިލްމީ ޚަބަރުތައް ގެނެސްދީ ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި އިންޑިއާގައި ދެވަނައަށް އެންމެ އަގު ބޮޑު ލަމްބޯގިނާ ބްރޭންޑްގެ ކާރަކީ ޖަންވީގެ އެންމެ ގާތް ރަޙުމަތްތެރިޔާ އަނަނިޔާ ބިރްލާ ބަތަލާއަށް ހަދިޔާކުރި ކާރެއް ކަމަށެވެ.

View this post on Instagram

A post shared by Bollywood Hungama

comment ކޮމެންޓް