އެޗްޑީސީގެ ބޯޑު މެންބަރުކަމުން ވަހީދު ވަކިކޮށްފި

އެޗްޑީސީގެ ބޯޑު މެންބަރުކަމުން މުޙައްމަދު ވަހީދު ---

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުކަމުން މުޙައްމަދު ވަހީދު މިއަދު ވަކިކޮށްފިއެވެ.

ޕްރަވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ހއ. ފިއްލަދޫ، މަބުސްތާނު ގެ، މުޙައްމަދު ވަހީދު މިއަދު އެ މަޤާމުން ވަކިކޮށްފައި ވާކަމަށެވެ.

ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އޭނާއަކީ މީގެ ކުރިން ވެމްކޯގައި އިސް މަގާމެއް ފުރުއްވައިފައިވާ، އަދި ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.

މަގާމުން ވަކިކުރި ނަމަވެސް، ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް