މި އަހަރުގެ ފިތުރު އީދުގެ ހަނދު ފެންނާނެ ދުވަހަކާ މެދު ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމާއި ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ޙަސަން ހަމީދާ ދެމެދު ޚިޔާލު ތަފާތުވެއްޖެއެވެ.
ރާއްޖޭގެ ކަލަންޑަރުގައި އޮތް ގޮތުން އީދު ދުވަހަކީ މި މަހުގެ 31ވާ ހޯމަ ދުވަހެވެ. ނަމަވެސް މައުމޫން ވަނީ އަންނަ އާދިއްތަ ދުވަހަކީ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ވިދާޅުވެފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ސައުދީ އަރަބިއާއާއި މިސްރާއި ތުރުކީއާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި މަހުގެ 29ވަނަ ދުވަހު އިރުއޮއްސުމަށް ފަހުގައި އަށް މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހަނދު ނޯއްސި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ކަމަށެވެ.
އެހެންވެ، ޖެހިގެން އަންނަ އާދިއްތަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭކަމަށް މައުމޫން ފާހަގަކުރެއްވިއެވެ.
މި މަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް އިރުއޮއްސެނީ 18:14 ގައި ކަމަށާއި ހަނދު އޮއްސެނީ ވެސް، ހަމަ އެ ގަޑީގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތް ނަމަވެސް ގިނަ އިސްލާމީ ޤައުމުތަކަށް އެ ދުވަހަކީ ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމަށް ވާނެތީ، އާދިއްތަ ދުވަހަކީ ރާއްޖެއަށް ވެސް ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެންނަކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު އެހެން ވިދާޅުވެފައިވަނީ، ހަނދު ސާބިތު ކުރުމުގައި ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާއި ހަމަތަކުގެ އަލީގައި ކަން ފާހަގަކުރައްވާފައިވެއެވެ.
ޑރ. ހަސަން ހަމީދު ވެސް މިއަދު ވަނީ، މި އަހަރުގެ ފިތުރު އީދުގެ ހަނދު ރާއްޖެއަށް ފެންނާނެ ދުވަސް އޭނާގެ ބްލޮގުގައި ލިޔުއްވާފައެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި، ފިތުރު އީދުގެ ހަނދު ފެންނަ ދުވަސް ބެލުމަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އެ ހަނދު އުފަންވާ ވަގުތު ބެލުމެވެ. އެގޮތުން ފޮތްފޮތުންނާއި އިންޓަނެޓުން އެ މައުލޫމާތު ބެލެން އޮތްއިރު، އެ މައުލޫމާތުން ދައްކާ ގޮތުގައި، އަންނަ ހޮނިހިރު ދުވަހު އައު ހަނދު އުފަންވަނީ މާލޭގަޑިން ހަވީރު 3:57 ގައެވެ. ގާތްގަޑަކަށް ހަވީރު 4 ޖަހާއިރެވެ. ހަނދު އޮއްސޭ ގަޑިއަކީ ހަވީރު 6:14 ކަމަށާއި އެ ދުވަހު އިރު އޮއްސެނީ ވެސް 6:14 ގައި ކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއީ ހަނދު އޮއްސޭ ގަޑިއާއި އިރު އޮއްސޭ ގަޑި ދިމާވާ ހާލަތެއް ކަމަށާއި އެ ހާލަތުގައި އިރުގެ ދަޅަޔާ ހެދި ހަނދެއް ނުފެންނާނެ ކަމަށެވެ. އެ ދުވަހު ހަނދު ނުފެންނާނެ ކަމަށް ބެލެވޭ އިތުރު ސަބަބުތަކެއް ވެސް ޑރ. ހަސަންގެ ބްލޮގުގައި ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، އެ ހިސާބުތަކަށް ބަލާއިރު، މައްކާއަށް ހަނދު އުފަންވުމާއި އޮއްސުމާ ދެމެދު ވާނީ ގާތްގަޑަކަށް ހަތަރު ގަޑިއިރު ކަމަށާއި އެހާ ޅަ ހަނދެއް، މައްކާގެ އުޑުމަތި ކިތަންމެ ސާފު ވިއަސް ނުފެންނާނެ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.
އެހެންވެ، ޖެހިގެން އަންނަ، މާރިޗް 30ވަނަ ދުވަސް އީދަކަށް ނުވާނެ ކަމަށާއި ފިތުރު އީދު ދުވަހަކަށް ވާނީ 31ވާ ހޯމަ ދުވަސް ކަމަށް ޑރ. ހަސަން ވިދާޅުވެފައިވެއެވެ.
comment އާސިފް
3 day 14 hour ago
ކަލަންޑަރުގައި އޮތީ ރަނގަޅަށް. ހޯމަ އީދުވާނީ. އަދި މިރަމަޟާންމަހު 30 ރޯދަ ހިފަންޖެހޭނެ
comment ސަލީމް
3 day 18 hour ago
މާނު ފަލަކީ ހިސާބު ކިޔެވީ ކޮންތަކުންތޯ؟
comment ވިލް
3 day 18 hour ago
މިދިޔަ ޝައުބާން މަހަކީވެސް 29 މަހެއް…އަނެއްކަ ރަމަޟާން މަސްވެސް 29 އަށް ހެދީމާ އަހަރުން ބައެއް ދުވަސް ގެއްލެނީ…އެހެންވީމަ މިރަމަޟާން 30 ހަދާލަންވީ
comment ޔަޤީން
3 day 6 hour ago
ޢީދަަށް ވާނެ ދުވަހަކާމެދު އަޅުގަންޑުގެ އެއްވެސް ޚިލާފެއްނެތް ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ޝައްކެއް ނެތް.
comment އިބުރޭ
3 day 6 hour ago
އިސްލާމީ ގައުމަކަށް ހަނދު ފެނުނީމަ މިރާއްޖެއިން އެއަށްބަރޯސާވާކަށްނުޖެހޭނެ، މިގައުމަށް ޝައްވާލު މަހުގެ ހަނދު ފެނުނީމަ މިގައުމަށް ޝައްވާލު މަހުގެ 1 ވަނަދުވަހަށް ވާނީ. އެއްޒަމާނެއްގައި ފަލަކީއިލްމު އެނގިވަޑައި ގަންންވަނީ ހަމައެކަނި މަނިކުފާނަށް ވިޔަސް، މިހާރު މިގައުމުގައި ބައިވަރު ފަލަކީ އިލްމުވެރިން އެބަތިބި.
comment ލލ
3 day 11 hour ago
މައުމޫނާއި ޑރ ހަސަންގެ ވާހަކަ ތަކުގައި އެއްވެސް ތަފާތެއް ފުށުއެރުމެއް އަޅުގަޑަކަށް ނުފެނޭ، ނޫސްވެރިޔާ އަށް ތިޔަ ތަފާތެއް ފެނުނީ، އެދެ ބޭފުޅުންގެ ބަހުންވެސް އެގުނީ ހޮނިހިރު ދުވަހު ހަވީރު ހަދު އުފަންވާނެ ކަން ރާއްޖެއަށް ފެނުން ކުޑަކަން، އިސްލާމީ ބަޔެއް ޤައުމުތަކަށް ފެނުން ބޮޑުކަން ގިނަވަގުތު ހަނދު ފެންމަތީގައި ހުރުމުން ! އެހެންވީމަކާ މީގައި ހިޔާލު ތަފާތެއް އޮތް ކަމަކަށް ނުފެނޭ !
comment މުގުރި
3 day 11 hour ago
ކޮންމެ މަހެއްގައި ވެސް ހަނދު ބަލާ ރެކޯޑުކިރަމުން ދާން ޖެހޭނެ ދެރަކަމަކީ ރޯދަމަހާ ޝައްވާލު މަހު އެކަނި ހަނދުބެލޭކަން
comment ސސ
3 day 11 hour ago
ފަލަކީ ފިޤުހީ ޢިލްމީ ބަހުސް ކުރުމުގެ ޤާބިލްކަން ހުންނަ ބޭބޭފުޅުން އެބަހުސް ކުރެވިދާނެ، ހަދުމަހުގައި އޮންނަނީ 29 ދުވަސް ނުވަތަ 30 ދުވަސް ، މިފަހަރުގެ ރޯދަމަސް މަސް ވާނީ 29 މަހަކަށް ފަލަކީ ފިޤުހީ ހިސާބުން ދައްކާގޮތުގައި ! އަދި ބަޔެއް އިސްލާމީ ޤައުމުތަކަށް ހަނދު ވެސް ފެންމަތިވެ ފެންނާނެ !
reply ފަމް
3 day 3 hour ago
ތިބުނާ ބަހުސް ފަލަކީ އިލްމީ މީހުންގެ މެދުގައި ކުރީމަ ރަނގަޅުވާނެ. އެކަމަކު އެކަން ޕަބްލިކުގައި ކުރީމަ އާންމުންގެ މެދުގައި ކިންފިއުޝަން އުފެދި ނޭދެވޭ ވާހަކަތަށް ގިނަވެދާނެ. ޚާއްސަ ކަންކަމުގައި އިލްމީނބަހުސް ކުރަން ރަނގަޅުވާނީ އިލްމީ ފޯރަމް ނުވަތަ މާހައުލުގައި. ޕަބަލިކުގައި ހުޅުވާލައިގެން ކުރާ ބަހުސް ކުރަން ރަނގަޅުވާނީ އޭގެ ސަބަބުން އާންމުގެ މެދުގައި ދެބަސް ވުމާއި އޮޅުން އެރުން ނާރާނެގޮތަށް. އެއީ އަދި ޚާއްސަކޮއް ދީނީ ކަންކަމާއި ގުޅޭގޮތުން ދެކެވޭ ވާހަކައަކަށް ވެއްޖެއިޔާއެވެ.
comment ރައްދެ
4 day 16 hour ago
މިދެންކިހާދެރަކަމެއް، މިވަރުން ދަންޔާ އަހަރެމެންނަށް ލައިލަތުލްގަދުރި ވިލޭރޭ ވާނީ ކޮންރެޔަލަށްބާ، ސައްބީސް ވިލޭރޭތޯ އަށާވީސްވިލޭރޭތޯ ނޭގިޔިބެންމިޖެހެނީ، 100ޕަސެންޓު އިން 99 އަށް ތިރިނުވަނީސް މިދަންނަބޭކަލުން މައިތިރިނުވާނެ
comment އައިމަން
4 day 18 hour ago
والله اعلم
comment ޔައު
4 day 18 hour ago
މިއީ ވަކި ފަރުދުންތަކެއްގެ ޚިޔާލުގެ މައްޗަށް ޕަބްލިކް ޑިބޭޓަށް ހުޅުވާލާގެންފިއްޔާ ފިތުނަ އުފެދޭ ޒާތުކަންކަމެވެ. ހަނދު ސާބިތު ކުރުމަކީ އެކަން ކުރާ ރަސްމީފަރާތެއްގެ ޒިންމާއަކަށްވާއިރު ވަކި ވަކި ފަރުދުންތަކެއްގެ ޚިޔާލު ޕަބްލިކުގައި ދައްކައި ބަހުސްކުރަން ވެއްޖެއިޔާ މުޖުތަމައުގައި ބައިބައިވުން އުފެދި އަރާރުންތަކެއް އުފެދިދާނެއެވެ. ވީމާ އީދުގެ ހަނދު ސާބިތު ކުރުމާއި ގުޅޭ އެއްވެސް ވާހަކައެއް އެކަމުގެ ރަސްމީ ޒިންމާ އޮންނަ ފަރާތުންނޫން ގޮތުގައި ޕަބްލިކަށް ލިބޭގޮތަށް އޮންނައޮތުން ހުއްޓުވަންޖެހެއެވެ.
reply އަލީރާޖާ
3 day 11 hour ago
އަނގަބަންދުކުރަންޖެހޭ ކަމެއް ނޫން ތިއީ. އިލްމީ ދެ ބޭފުޅުން، އެ ދެބޭފުޅުންގެ ޚިޔާލު ފާޅު ކުރެއްވީ!