ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން "އާމިރު ޚާން ޓޯކީސް"ގެ ނަމުގައި އަމިއްލަ ޔޫޓިއުބް ޗެނަލްއެއް ލޯންޗުކޮށްފިއެވެ.
އާމިރުގެ މި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އިންޑިއާގެ ސިނަމާގެ އެންމެ އައިކޮނިކް ފިލްމުތައް ވުޖޫދަށް އައިގޮތުގެ އިތުރުން އެ ފިލްމުތައް އުފެއްދުމުގެ މަރުހަލާ ކުރިއަށްދިޔަގޮތް ވަރަށް ސާފުކޮށް އެހާމެ ތަފުސީލުކޮށް ބެލުންތެރިންނާ ހިއްސާކުރާނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.
ހަމައެއާއެކު މިއީ އާމިރަށް ސަޕޯޓުކުރާ އެކްޓަރުގެ ސަޕޯޓަރުންނަށް ފްރަންޓް-ރޯ ސީޓުގައި ތިބެގެން ސިނަމާގެ ދުނިޔެ ދައްކާލެވޭނެ ޗެނަލަކަށް ހަދަން ބޭނުންވާ ކަމަށް މަޝްހޫރު އެކްޓަރު ވަނީ ބުނެފައެވެ.
ޕާފެކްޝަނިސްޓްގެ ލަގަބު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ދީފައިވާ އާމިރުގެ ފިލްމު ކުންފުނި އާމިރު ޚާން ޕްރޮޑަކްޝަންސްއިން މިކަމާ ގުޅިގެން ނެރުނު ޓީޒާ ވީޑިއޯއެއްގައި ބުނެފައިވަނީ، މިއީ ހިންދީ ސިނަމާގެ ވާހަކަތައް އެއްވެސް ފިލްޓާއަކާ ނުލާ ބެލުންތެރިންނަށް ވަރަށް ގާތުން ގެނެސްދޭނެ ޗެނަލެއް ކަމަށެވެ.
މި ޔުޓިއުބް ޗެނަލަކީ އާމިރުގެ ހުވަފެނެއް ކަމަށާއި އާމިރު ސިނަމާއަށް ގެނެސްދީފައިވާ ފިލްމުތަކުގެ ތަޖުރިބާތަކާ އެކު ކެމެރާގެ ފުރަގަހުގައި ހިނގާފައިވާ މުހިއްމު ކަންކަން ބެލުންތެރިންނާ ހިއްސާކުރާނެ ޕްލެޓްފޯމެއް އުފައްދަން އަބަދުވެސް ބޭނުންވި ކަމަށް އާމިރު ވަނީ ބުނެފައެވެ.
އާމިރުގެ ޔޫޓިއުބް ޗެނަލް "އާމިރު ޚާން ޓޯކީސް" މެދުވެރިކޮށް ފިލްމުތަކުގެ ޓެކްނިކަލް މަސައްކަތްތަކާ އެކު ފިލްމުގެ ޑައިރެކްޓަރުން އެކްޓަރުންނާ އެކު ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތަފުސީލުތައް ވެސް ބެލުންތެރިންނަށް ބަލައިލެވޭނެއެވެ.
މިއީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިއަކު ލޯންޗުކުރި މިފަދަ ފުރަތަމަ ޔޫޓިއުބް ޗެނަލްއަށް ވެފައި މި ޕްލެޓްފޯމް މެދުވެރިކޮށް ހިންދީ ސިނަމާގެ އެންމެ ފުންމިނަށް ދެވޭތީ ބެލުންތެރިންގެ ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުން ދަނީ މި ޗެނަލްގެ އެޕިސޯޑުތައް ބަލާލެވޭނެ އިރަކަށެވެ.
އާމިރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދީފައިވަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން ގެނެސްދިން ފިލްމު "ލަވްޔާޕާ"އެވެ.
comment ހަމުތު
4 week 4 day ago
މި ކަލޭގެވެސް ދެން އެޔޮށްގެން މަރުވަނީ