Ooredoo

ގޯތި ވައްކަން: ފަޒުލް ހިމެނޭހެން އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު: އޭނާ ހިމެނޭހެން އެންމެންގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައި -- ސަން ފޮޓޯ/ އަމަން ލަތީފް

ބިންވެރިޔާ ސްކީމާ ގުޅިގެން ދޫކުރި ގޯތިތަކުގެ މައްސަލައިގައި ތުހުމަތުކުރެވިގެން ޕާސްޕޯޓު ހިފެހެއްޓި އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފިއެވެ.

ADK GENERAl

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހިމެނޭހެން 24 މީހެއްގެ ޕާސްޕޯޓު ފުލުހުން ހިފެހެއްޓިއެވެ.

ފުލުހުން "ސަން"އާ ހިއްސާކުރި މެސެޖެއްގައި ވަނީ، ގޯތި މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި ހުރިހާ އެންމެންގެ ޕާސްޕޯޓުތައް އެމީހުންނާ ހަވާލުކޮށްފައިވާ ކަަމަށެވެ.

ނަމަވެސް، އަދި ވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ނުހައްގުން ގޯތިތަކެއް ދިން މައްސަލައިގައި ގޯތި ލިބުން މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރެފައިވާ ބިންވެރިޔާ ސްކީމްގެ ފައިނަލް ލިސްޓުގައި ފަޒީލްގެ ނަން އޮތެވެ. ނަމަވެސް، އޭނާއަށް އޮތީ ޝަރުތު ހަމަނުވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އޭނާއަށް ކުރިން ގޯއްޗެއް ލިބިފައި އޮތުމެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ފަޒީލާ ސުވާލުކޮށްފައި ވާނެ ކަމަށެވެ. ގޯއްޗަށް ޝަރުތު ހަމަނުވުމުން އެކަމުގެ ޝަކުވާ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާ ކުރެއްވި ކަމަށް ފަޒީލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ބޮޑު ތުހުމަތެއް ކުރެވެނީ ފަޒުލްއަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފަޒުލް ކުރިން ވިދާޅުވީ، އެ ކަމުގައި އޭނާގެ މަސްލަހަތެއް ނެތް ކަމަށާއި، އެފަދަ މައްސަލައެއް ފެންމަތިވީ އޭނާގެ ބޭބެއާ ގުޅޭ ގޮތުން ކަމަށްވުމަކީ އިއްތިފާގެއް ކަމަށެވެ.

މި މައްސަލައިގައި ފަޒުލް ސަސްޕެންޑުކުރި ފަހުން އޭނާ ވަނީ ތަހުގީގަށް ފުރުސަތު ދެއްވަން ކަމަށް ވިދާޅުވެ، އަމިއްލައަށް މަގާމުން އިސްތިއުފާދެއްވައިފައެވެ.

comment ކޮމެންޓް

comment މުހައްމަދު އިބްރާހިމް

2 day 2 hour ago

ޢެފަޒުލު އިސްލާހުވީޔޯ މިހާރު އަނެއްކާވެސް ލާރިގަޑެއް މަޅާލަން ލިބެންދެން އޭނަޔާ އޭންގެ ބޭބެވެސް ހަމައެގޮތައް ލާރިގަޑެއް މަޅާލަން އަތުޖެހެންދެން އިސްލާހުވީޔޯ

comment ދިލްސާ

2 day 7 hour ago

ކަލޯ ހާސްވާނެކަމެއްނެތް ލަސްތަކެއްނުވެ ކުރިންހުރިމަގާމައްވުރެ އެތައްގުނަބޮޑު މަގާމެއްދެއްވާނެ މާކުރިންވެސް އިނގިފައޮތީ މަތިންއައިހުރިހާ އޯޑަރެއް ކޮންޕްލީޓްކުރިކަން އެހެންވެ ކިހިނެއްތިމީހުނާކުޅެލާނީ