ސަން ބަދިގެ: ތަލްބީނާ

ތަލްބީނާއަކީ ސިއްހަތަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ބާރުލީ ފުށް ހިމެނޭ، ފަސޭހައިން ތައްޔާރުކުރެވޭ ކެއުމެކެވެ.

ބޭނުންވާނެ ތަކެތި

  • 2 މޭޒުމަތީ ސަމުސާ ބާރުލީ ފުށް
  • 1 ޖޯޑު ދިޔާ ކިރު
  • މާމުއި

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ، ތެއްޔެއްގައި ބާރުލީ ފުށާއި ކިރު އެއްކޮށްލާށެވެ. ދެ ބާވަތް ރަނގަޅަށް އެއްވުމުން، ތެލި އުދައި، ކައްކަން ފަށާށެވެ.

ކައްކަމުންދާއިރު، ގަނޑުނުލާ ގޮތަށް، ދޭފަތުން އެއްކުރަމުންދާށެވެ. ތަލްބީނާ ތައްޔާރުކޮށް ނިމޭނީ 3-5 މިނެޓު ތެރޭގައި، ފުށާއި ކިރު އޮލަވުމުންނެވެ. އެހާ ހިސާބުން ތަށްޓަކަށް އަޅައި، ރަހަލާ ވަރަށް މާމުއި އަޅާލާށެވެ.

ބޭނުންނަމަ، ތަލްބީނާގެ މައްޗަށް ކަދުރާއި ނަޓްސް އަޅައިގެން ވެސް ކެވޭނެއެވެ.

comment ކޮމެންޓް