Ooredoo

ރޯދައިގެ ފުރަތަމަ 20 ދުވަހުން ފިތުރު ޒަކާތަށް 7.6 މިލިއަން ރުފިޔާ ލިބިއްޖެ

ފިތުރު ޒަކާތް ބަލައިގަތުން: ރޯދައިގެ ފުރަތަމަ ވިހި ދުވަހު ފިތުރު ޒަކާތަށް 7.6 މިލިއަން ރުފިޔާ ލިބިއްޖެ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރޯދަ މަހުގެ ފުރަތަމަ ވިހި ދުވަހު ފިތުރު ޒަކާތަށް 7.6 މިލިއަން ރުފިޔާ ލިބުނު ކަމަށާއި އެއީ ފާއިތުވި ފަސް އަހަރު ތެރޭ އެންމެ ގިނައިން ޒަކާތް ބަލައިގަތް އަހަރު ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ADK GENERAl

ޒަކާތު ހައުސްއިން މިއަދު ވަނީ ފާއިތުވި ފަސް އަހަރު ތެރޭ ރޯދަމަހުގެ ފުރަތަމަ ވިހި ދުވަހާއި މެދު ދިހަ ދުވަހުގެ ތެރޭގައި އެ ހައުސްގެ ކައުންޓަރުތަކުންނާއި އޮންލައިންކޮށް، ފިތުރު ޒަކާތް ބަލައިގަތް ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.

އެގޮތުން، ރޯދައިގެ ފުރަތަމަ ވިހި ދުވަހުގެ ތެރޭ، ޖުމުލަ 7.6 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ބަލައިގަނެފައެވެ. އޭގެތެރޭގައި، ރޯދައިގެ މެދު ދިހައެއްގެ ތެރޭ ބަލައިގަތް 4.7 މިލިއަން ރުފިޔާ އަދި، ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ޒަކާތުގެ ގޮތުގައި ބަލައިގަތް 2.91 މިލިއަން ރުފިޔާއަށް އަރައިފައެވެ. ހިމެނެއެވެ.

ފާއިތުވި ފަސް އަހަރު ފުރަތަމަ ވިހި ދުވަހު ޒަކާތް ބަލައިގަތް އަދުދު ތަކަށް ބަލާއިރު:

  • 2021 ވަނަ އަހަރު ބަލައިގަތީ 3.1 މިލިއަން ރުފިޔާ
  • 2022 ވަނަ އަހަރު ޒަކާތުގެ ގޮތުގައި ބަލަގަނެފައި ވަނީ، 3.7 މިލިއަން ރުފިޔާ
  • 2023 އަދި، 2024ވަނަ އަހަރު ޒަކާތު ފައިސާއަށް ލިބުނީ 4.6 މިލިއަން ރުފިޔާ
  • 2025 ވަނަ އަހަރު 7.6 މިލިއަން ރުފިޔާ ބަލައިގަތް

ޒަކާތު ހައުސްއިން ވަނީ އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ، މިމަހުގެ 27 ވަނަ ދުވަސް ކަމަށްވާ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކަމަށް ބުނެފައެވެ.

އޮންލައިންކޮށް ޒަކާތް ބަލައިގަންނާނީ:

  • ދިރާގު: އެޕް / ދިރާގު ޕޭ ވެބްސައިޓް މެދުވެރިކޮށް
  • އުރީދޫ: އެމްފައިސާ އެޕްލިކޭޝަން މެދުވެރިކޮށް
  • މޯލްޑިވްސް އިސްލާމިކު ބޭންކު: ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަން މެދުވެރިކޮށް
  • ބޭންކް އޮފް މޯލްޑިވްސް: ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން) މެދުވެރިކޮށް
  • ފަހިޕޭ: ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށް
  • މިނިސްޓްރީ އޮފް ފިނޭންސް: ބަނޑޭރި ޕޭ ވެބްސައިޓު ނުވަތަ ޕޯޓަލް މެދުވެރިކޮށް
Redstar
comment ކޮމެންޓް