ގަވާއިދާޚިލާފަށް އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކެއް އިސްރާއީލުގެ ބައެއް ގޮތުގައި ކަނޑައެޅުމަށް އެ ގައުމުގެ ކެބިނެޓުން ނިންމައިފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ކެބިނެޓުން ބައްދަލުވުމެއްގައި ހުޅަނގު އައްސޭރީގެ 13 ސަރަހައްދެއް އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.
އިސްރާއީލުގެ ހަރުކަށި ފިކުރުގެ މާލީ ވަޒީރު ބެޒަލޭލް ސްމްޓްރިޗް ބުނިގޮތުގައި ފޮރުވައިގެން މައާފަށް އެދުމުގެ ބަދަލުގައި ދިދަ އުފުލާ އެތަންތަނުގައި ވަޒަންވެރިވާނީއެވެ. އަދި މިއީ ހުޅަނގު އައްސޭރީގައި އިސްރާއީލުން އާބާދުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ސްމޮޓްރިޗް ވަނީ ސިފަކޮށްފައެވެ.
ހަމާސްއިން ވަނީ އިސްރާއީލުގެ އެ ނިންމުން ކުށްވެރިކޮށްފައެވެ.
އަދި މިއީ ފަލަސްތީނު ރައްޔިތުންގެ ބިންތައް ފޭރިގަތުމަށް ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ޚިލާފަށް ހިންގާ ނަސްލީ އިސްތިއުމާރީ މަޝްރޫއެއް ކަމަށްވެސް އެކަން ކުށްވެރިކޮށް ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް އާބާދީ ފުޅާކުރުން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ހަމާސްއިން ވަނީ ގޮވާލާފައެވެ.
ފަލަސްތީނުން ރިޕޯޓުކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު 770،000 އިސްރާއީލު ރައްޔިތުން ހުޅަނގު އައްސޭރީގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުން ދިޔައެވެ.
އިސްރާއީލު ސިފައިންނާއި ގަވާއިދާ ހިލާފަށް ވަޒަންވެރިވި މީހުންގެ ހަމަލާތަކުގައި ފަލަސްތީނުގެ 937 މީހުން މަރުވެ 7،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްޚަތާބޭހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
comment ޖުހާ.
5 day 15 hour ago
އަހަރުމެން މިބަލަނީ ޝީޢީންނާއި އަޝްޢަރީ ސުންނީންނާ އިބާޟިޔާ ސުންނިންނާއި ހުރިހާޗސޫފީ މަޒުހަބުތަކެއް ކާފަރުކުރާ ސަޢުދީގެ ވައްހާބީ ޝޭހުންގެ ހުތުރު ދޫތަކުން މިކަމާމެދު ނިކުންނަ ފަތުވާއަކަށް. ފަލަސްތީނު ބިންތައް މިނިވަންވާނީ ވެސް އެމީހުންގެ އައިސިސް ގުރޫޕާއި ކަންދަހާރު ތާލިބާނާއި ދެންވެސް ދުނިޔޭގައި އުޅޭ ކަންދަހާރު ގުރޫޕުތައް އިޒްރޭލާ ދެކޮޅަށް ނިކުތީމަ. އެމީހުން މިވަގުތު އުޅެނީ އިސްލާމީ ދައުލަތްތައް ލޫޓުވުމުގަ ވަރަށް ބިޒީކޮން.