މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތާއެކު 24 މިސްކިތެއްގައި އީދު ނަމާދުކުރުމަށް ނިންމައިފި

މާލޭގައި މިދިޔަ އަހަރު ބޮޑު ޖަމާއަތުގައި ކުރި ޢީދު ނަމާދު: މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތާއެކު 24 މިސްކިތެއްގައި އީދު ނަމާދުކުރުމަށް ހަމަޖައްސައިފި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތާއެކު 24 މިސްކިތެއްގައި ފިތުރު އީދު ނަމާދުކުރުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އީދު ނަމާދު ކުރަން ފަށާ ގަޑިއަކީ ހެނދުނު 07:00 ކަމަށެވެ.

އެގޮތުން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް މިފަހަރު ވެސް ހަމަޖައްސާފައި ވަނީ މާފަންނު ސްޓޭޑިއަމްއެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖައްސާފައި ވަނީ ސިންތެޓިކް ޓްރެކެވެ. އަދި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖައްސާފައި ވަނީ އެ އަވަށު ބޯޅަ ދަނޑެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑު ޖަމާއަތް ކެންސަލްވެއްޖެނަމަ، އީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.

ބޮޑު ޖަމާއަތުގެ އިތުރުން 24 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

އެގޮތުން މާލޭގައި އީދު ނަމާދުކުރާނެ މިސްކިތްތަކަކީ:

  • މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
  • މަސްޖިދުލްމަލިކި ސަލްމާން
  • މަސްޖިދުލްފުރުޤާން
  • މަސްޖިދުއްނޫރު
  • މަސްޖިދުއް ޝަޙީދު ޢަލީ
  • މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
  • މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)
  • މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
  • މަސްޖިދު ޞަލާޙުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް
  • މަސްޖިދު އިސްކަންދަރު
  • ވަގުތީ މިސްކިތް (ބޮޑުގެ)
  • މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
  • މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
  • މާފަންނު އާމިސްކިތް

ހުޅުމާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖައްސާފައިވާ މިސްކިތްތަކަކީ:

  • މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
  • މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
  • މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
  • ހުޅުމާލެ ބޮޑުޖަމާޢަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2)
  • މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)
  • މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ)

ބޮޑު ޖަމާއަތުގެ އިތުރުން ވިލިމާލޭގައި އީދު ނަމާދު ކުރާނީ މަސްޖިދުއްސަލާމްގައެވެ.

ކަލަންޑަރު ބުނާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.

comment ކޮމެންޓް

comment ޖަޖު

5 day 4 hour ago

ރައީސް މީ ތަފާތު ރައީސް އެއް. ފޮޓޯ އިން ތަކުން މިހެން ފެންނާތީ ހިތްހަމަޖެހޭ ގައުމުގެ އެއްމެ އިސްމީހާ މިހެން ހުންނަތަން ފެނުނީމަ އުފާވޭ