ސަން ބަދިގެ: ޒިލޭބި

އެސްއެސްޓީވީގެ ދިވެހި ރަހަ ޕްރޮގްރާމުގައި މ. މުލަކުން ގެނެސްދީފައި މިވަނީ ދިވެހީންގެ މެދުގައި މަގުބޫލު ފޮނި އެއްޗެއް ކަމަށްވާ ޒިލޭބި ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި

  • ފުށް
  • ރަތް ކާކުލަ
  • އެސެންސް
  • ހުވަނދު މާ ފެން
  • ހަކުރު

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ބޯތަށްޓަކަށް ފުށާއި ކުލަ އަޅައި، އޭގެ ތެރެއަށް ހުވަނދު މާ ފެންފޮދެއް އަޅާލާށެވެ. ފެން އަޅަންވާނީ، މިކްސް ގިރާލުމުން އޮލަކޮށް ހުންނަ ވަރަށެވެ.

ޒިލޭބީގައި ހާކަން ހަކުރު ފަނި ވެސް ހަދާލަން ވާނެއެވެ. މި ފަނި ތައްޔާރުކުރާނީ ހަކުރާއި ކުލައާއި އެސެންސާއި މާ ފެން ބޭނުންކޮށްގެންނެވެ. އެ ހުރިހާ އެއްޗެއް އެއްކޮށްލައި، ހަކުރު އެއްކޮށް ވިރެންދެން ކައްކާލާށެވެ. ކައްކައި ނިމުމުން އުނދުނުން ނަގައި، މަތި ނުޖަހައި ބަހައްޓާށެވެ. އެއީ މަތި ޖަހައިފި ނަމަ، ހަކުރު އޮލަވުމުގެ ބަދަލުގައި ދިޔާވެދާނެތީއެވެ.

ދެން ތެއްޔަކަށް ތެޔޮ އަޅައި އުދާނީއެވެ. ތެޔޮ ހޫނުވުމުން ޒިލޭބި ތެލުލާންވީއެވެ. ފުށުން ހެދި މިކްސް ޕައިޕިން ބޭގަކަށް އަޅައިގެން ނުވަތަ ފުޅިއެއްގެ މަތިގަނޑުގައި ލޯވަޅެއް ހަދައިގެން، ޒިލޭބި ހުންނަ ގޮތަށް ވަށްކޮށް ތެލުގެ ތެރެއަށް އަޅާށެވެ.

ޒިލޭބި މުރަނަވުމުން ތެލުން ނެގުމަށް ފަހު ވަގުތުން ހަކުރު ފަނީގައި ފޯކޮށްލާށެވެ. ފޯކޮށްލުމަށް ފަހު ނެގުމުން ޒިލޭބި ތައްޔާރުކުރެވުނީއެވެ.

comment ކޮމެންޓް