Dhiraagu
Ooredoo

މިސްކިތުގައި ރަނގަޅަށް ރޯދަ ވީއްލުން އިންތިޒާުމު ނުކުރާނަމަ، ހުއްދަ ނުދޭނަން: މިނިސްޓަރު

ބިދޭސީންތައް ރޯދަ ވީއްލަން ކާއެއްޗެހި ނަގަނީ: މިނިސްޓަރު ވިދާޅުވީ، މިސްކިތުގައި ރަނގަޅަށް ރޯދަ ވީއްލުން އިންތިޒާު ނުކުރާނަމަ، ހުއްދައެއް ނުދޭނެ ކަމަށް ---

މިސްކިތުގައި ރަނގަޅަށް ރޯދަ ވީއްލުން އިންތިޒާމު ނުކުރާނަމަ، ހުއްދައެއް ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ADK GENERAl

މިނިސްޓަރު އެހެން ވިދާޅުވީ، ސަލްމާން މިސްކިތް ގޯތިތެރޭ ބަހައްޓާފައި ހުރި ކާތަކެތީގެ ޕާރުސަލްތަކަކަށް ބިދޭސީންތަކެއް އަރައިގަންނަ ވީޑިއޯއެއް ދައުރުވެ އާންމުންގެ ނުރުހުމާއި ކަންބޮޑުވުން އަމާޒުވަމުން އަންނަނިކޮށެވެ.

އެ ވީޑިއޯގައި ފެނުނީ، އެންމެން އެއްވެ އެއްވެސް ހަމައެއް ނެތި އެކަކަށް ވުރެ ކުރިން ކާއެއްޗެހި ހޯދަން އުޅުނު މަންޒަރެވެ. އެއްވެސް އިންތިޒާމެއް ނެތި، އެންމެ ވެސް ކާއެއްޗިހި ނަގާ ތަނެވެ. އެންމެން އެ ތަނުން އެންމެ ދުރަށް ދިޔައިރު، މިސްކިތުގެ ގޯތިތެރެއަށް ހުރީ ކާބޯތަކެތި އެޅި، ހަޑިވެފައެވެ.

މިކަމާ ގުޅިގެން، ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް، އެކަން އެހެން ނުކުރުމަށް އެދެމުންނެވެ.

ސަލްމާން މިސްކިތު ގޯތިތެރެ ހަޑިވެފައި ----

ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރިއިރު އެއްބަޔަކު ވަނީ އަމިއްލައަށް ކާތަކެތި ބަހަން ނުތިބޭނަމަ އެކަން ހުއްޓާލަން ޖެހޭ ކަމަށް ބުނެފައެވެއެވެ.

މި ވީޑިއޯއާ ގުޅުވައި، މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ، އެކަން ހިނގާފައި އޮތީ ރާއްޖޭގެ ރީތި ސަގާފަތާ މުޅީން ޚިލާފަށް ކަމަށާއި މި ކަހަލަ ކަންކަން މުސްތަގުބަލުގައި ތަކުރާރުނުވާނެ ކަމަށެވެ.

އެއާއެކު، މިސްކިތު ރޯދަ ވީއްލުން ރަނގަޅަށް އިންތިޒާމު ނުކުރެވޭ މީހުންނަށް އެ ހުއްދައެއް ނުދޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެކުރިން ވެސް ރޯދަ މަސްތަކުގައި މިފަދަ މައްސަލަތައް ދިމާވެފައި އެބަ ހުއްޓެވެ.

Redstar
comment ކޮމެންޓް

comment ރިޔާޒް

5 day 19 hour ago

މިއީ ވަރަށް ދެރަކަމެއް. މިސްކިތްތަކުގައި ރޯދަވިއްލުމަށް ދިވެއްސަކަށް އެއްވެސް ފުރުޞަތެއްނޯވެ. ކޮންމެ މިސްކިތެއްގައިވެސް އޮންނަނީ ބަންގްލަދޭޝް މީހުންގެ ކޮންޓްރޯލް. ދިވެހީން ރޯދަވިއްލުމަށް ސަދަގާތްދީފައިދަނީ. އެކަމާ ހަވާލުވަނީ ބިދޭސީން. އެއްވެސް އިންތިޒާމެއް ނޯވެ. ސަލްމާނު މިސްކިތް އެކަންޏެއްނޫން. ބަތާރިހައާއި ކެއުމުގެ ގިނަ ސާމާނުތައް މިސްކިތައް ގެންދިޔައީމާ ވާގޮަތް މިފެންނަނީ. ކަދުރާ ފެން ނޫންއެއްޗެއް ރޯދަ ވިއްލުމަށް މިސްކިތްތަކަށް ނުގެންދެވޭގޮތް ހަދަންވީ. ދެން އެއްޗެއް ބަހާނަމަ އެކަން ކުރަންވީ އެހެން ތަނެއްގައި. ކޮންމެ ކަމެއްވެސް މިދަނީ ހައްދުން ނެއްޓިގެން.

comment ްރަނގަޅުނިޒާމު

5 day 22 hour ago

ކޮބައިތަ ރަނގަޅަށް އިންތިޒާމު ކުރުމަކީ!؟ މިސްކިތުގައި ބަދިގެއާއި ކާތަނާއި ތެލިތަށި ދޮންނަތަން ހަދައިގެން ކާންދޭ ވާހަކަތަ!؟ މިސްކިތު ހަރިއްމަތެރޭ (މިސްކިތްތެރެއަކުނުން) ފެންފޮދަކާއި ކަދުރުއޮށެއްގެ މިންވަރު ސޮދަގާތްކުރުން އެއީ ރަނގަޅުކަމެއް، ނަމަވެސް މިސްކިތުގައި ބޮޑެތި ސުފުރާ ފަތުރައިގެން ކޭންކައްކައިގެން ކައިބޮއެ ހެދުމަކީ މިސްކިތުގެ ކަރާމާތާއި ހައިބަތަށް އުނިކަންލިބޭ ކަމެއް. މިއަދު މިސްކިތްތަކުގައި ކައިބޮއެހެދުން މަނާކުރަން އުޅެފިނަމަ އެކަން ކާމިޔާބްވެދާނެ، ނަމަވެސް މިސްކިތްތަކުގައި މިހާރު މިގެންދާގޮތަށް ކެއުމުގެ ކަންތައް ކުރިއަށްދާނަމަ، ފަހުން އެކަން ހައްދުންނެއްޓި ފުލުހުން އެކަމުގެ ތެރެއަށް ވައްނަންޖެހި ބޮޑެތި ހައިޖާނު އުފެދިގެންދާނެކަމީ ޔަގީންކަމެއް. އެހެންކަމުން މިސްކިތްތަކުގައި ރަމަޜާންމަހު ފެނާއި ޖޫސް ކަދުރު ނޫން އެހެނިހެން ކާބޯތަކެތި ގެނެސްގެން ކައިބޮއެހެދުން މަނާކުރަން ވެއްޖެ.

comment ޔަތީނުބެ

5 day 10 hour ago

ރޯދަ ވީއްލުން ހުއްޓުވަންޖެހޭ. ކަދުރަކާ ފެން ނިމުނީ. ސައުދީ ގަ ވެސް މިސްކިތުގަ މަނާ ކަމެއް ރޯދަވިއްލުން ބޭއްވުން. ރާއްޖޭގަ މި ބާވަނީ ބަންގުލަދޭޝް މީހުންގެ ނުފޫޒުން.

reply ކަނީސާ

5 day 7 hour ago

ޢެކަމަކު މި ރޯދަ މަހުވެސް ހަމަ ކޮންމެ ދުވަހަކު ފެނޭ މަސްޖިފުދުލް ހަރަމްގަ ސުފުރާ ފަތުރާ ރޯދަ ވީއްލުންދޭ ތަން.

comment ދޮން ބަބުރު ސޮރު

5 day 11 hour ago

މިހެންވާތީ މުޙައްމަދު ބިން ސަލްމާން، މިސްކިތް ތަކަށް ކާއެއްޗެހި ވެއްދުން މަނާ ކުރީ މާލޭ ސަރަހައްދުގަ ހުރި ހުރިހާ މިސްކެތެއްގެ ޙާލަކީ މީ މިކަން ހުއްޓުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް މީ ރޯދާގެ ނަމުގަ ކުރާ ވަރަށް ގޮތްކުޑަ ކަމެއް.

comment އަލްޖިބްރާ

5 day 11 hour ago

މިއީކީ މި މާލޭގައި ރޯދަމަހު އަލަށް ހިގާ ކަމެއް ނޫން ! ކަމާ ކަންފަށާ މިކަން ބަލަން ނުތިބޭތީ ނޭގޭނެ ! ކޮންމެ މިސްކިތެއްގައިވެސް ބިދޭސީން އުޅެނީ މިވައްތަރަށް! މި ބިދޭސީން ރޯދަމަހު ހަވީރު 5.30އިން ފެށިގެން މިސްކިތް ތަކަށް ޖަމާވާން ފަށާނެ ! ދެން ރޯދަ ވީއްލުމަށް މީހުން ގެންދާތަކެތި ގެންގޮސް މޭޒުމަތީ ރަގަޅަށް ނުބެހެއްޓިގެން އުޅެނިކޮށް އެކަކު އަނެކަކަށް ޖަހާއިގަނެގެން އެތިކޮޅު ނަގާ ހުސްކޮށްލާނެ ! އެއްޗިހި ނަގާނީވެސް ރޯދަވީއްލަން ބޭނުންވާވަރަށް ވުރެ އިތުރަށް ! އިތުރަށް ނަގާ ހުރިހާއެއްޗެއް ގެންދާނީ އެމީހުންގެ ގެއަށް ! ނުވިތާކަށް ކާބޯތަކެތި އަޅައިގެން ގެންދާ ތަށި ކޮޅުވެސް ކަހާލަނީ އެމީހުންގެ އަންބޮޑިއަށް ! މިއީ އަމިއްލައަށް ތަޖްރިބާ ކޮށްފަހުރި ކަންތަށް ! އެކަމަކު މީހުން ރޯދަވީއްލަން ކިސްކިތަށް ގެންދާއެތިކޮޅުން ބިދޭސީން ރޯދަވީއްލާތީ ކަންބޮޑުވެގެން ބަޔަކު އުޅޭތިއޭ ކިޔާފަ މިނޫހުގައިވެސް ވަނީ ލިއުމެއް ނެރެފަ! ރޯދަވީޢްލަން ގެންދާތަކެތިން ރޯދަ ވީއްލާތި ކަންބޮޑުވެގެނެއް މީހަކު

reply ރަނާ

5 day 7 hour ago

ޜޯދަ ވީއްލުން އިންތިޒާމް ކުރާ ފަރާތުން އެއްޗެތި ބަހައިދޭ އުސޫލެއް ގެންގުޅޭނަމަ ރަގަޅުވާނެ