އިސްރާއީލުން ޝިން ބެޓްގެ ޖާސޫސީ ވެރިޔާ މަގާމުން ވަކިކޮށްފި

އިސްރާއީލުގެ ޝިން ބެޓްގެ ވެރިޔާ ރޮނެން ބާ. ބާ މަގާމުން ވަކި ކުރުމަށް ސަރުކާރުން ވަނީ ފާސްކޮށްފައި. ފޮޓޯ/ރޮއިޓާސް

އިސްރާއީލުގެ ޑޮމެސްޓިކް އިންޓެލިޖެންސް އެޖެންސީ ޝިން ބެޓް (އައިއެސްއޭ) ގެ ވެރިޔާ ރޮނެން ބާ މަގާމުން ވަކިކޮށްފިއެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އައިއެސްއޭގެ ޑިރެކްޓަރު ރޮނެން ބާގެ ދައުރު ނިންމާލުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހެޅުއްވި ހުށަހެޅުން ސަރުކާރުން އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެ މަގާމަށް ބާ އައްޔަނުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

ޝަރުއީ ދާއިރާގެ އިސްލާހުތަކާ ގުޅޭ މައްސަލައެއްގައި، ޣައްޒާގައި 2023 ވަނަ އަހަރު ހަނގުރާމަ ފެށުމުގެ ކުރިން ވެސް ނަތަންޔާހޫ އާއި ބާގެ ގުޅުން ގޯހެވެ.

ނަމަވެސް އެ ގުޅުން އިތުރަށް ހީނަރުވީ ހަމާސްގެ ހަމަލާއާ ބެހޭ ގޮތުން ޝިން ބެޓްގެ އެތެރޭގެ ރިޕޯޓް މާޗް މަހުގެ ހަތަރު ވަނަ ދުވަހު އާންމު ކުރުމުންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން ހަމާސްގެ އެ ހަމަލާ ހުއްޓުވުމުގައި އެ އިދާރާގެ އަމިއްލަ ނާކާމިޔާބީ ގަބޫލު ކުރާ ކަމަށާއި އިސްރާއީލުން ގެންގުޅުނު ހަމަހިމޭންކަމުގެ ސިޔާސަތެއްގެ ސަބަބުން ހަމާސްއަށް ބޮޑު އަސްކަރީ ކުރިއެރުމެއް ލިބުނެވެ.

ބާ މަގާމުން ވަކިކުރުމުން އިދިކޮޅު ފަރާތްތަކުން ވަނީ ރުޅިވެރިކަން ފާޅުކޮށް، ނަތަންޔާހޫއަށް ފާޑުކިޔާފައެވެ.

އޭގެ އިތުރުން އެކަމާ ގުޅިގެން 40،000 އަށްވުރެ ގިނަ މީހުން ވަނީ ވެރިރަށް ތެލް އަވީވްގައި ހުންނަ ނަތަންޔާހޫގެ ގެކޮޅު ކުރިމަތީގައި މުޒާހަރާކޮށްފައެވެ.

comment ކޮމެންޓް